ޓެކްނޮލޮޖީގެ ދެ ފަރާތް
ޢަލީ މުނީޒު (2012)

1.
އެއީ 17 ވަނަ ގަރުނުގެ ކުރީކޮޅެވެ. ތަނަކީ އަދަބާއި ފަންނުތަކުގެ ހާއްޔެވެ.
ބަހާއި ސަޤާފަތުގެ މައި ކިއްލާ އެވެ. އެބަސް ނޭވާލާންފެށީ މިދެންނެވި ތަނުންނެވެ.
އެންމެ ފަހުން އޭރު އަދަބީކަންފުޅެއް ނެތް އެފަދަ ދަރަޖައެއް ނުދެވޭ އިނގިރޭސިބަސް
ފުރާފުރިހަމަވުމާއެކު އެބަހުގެ ތެރެއަށް ވެސް މިދެންނެވި ބަސް ވަދެއްޖެ އެވެ. އަދި
ކިއެއްތަ އެއީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ފަޚުރުގެ ތެރޭގައިވެސް ވަދެހިނގާ
ބަހަކަށް ވެއްޖެ އެވެ. މިދެންނެވީ ގުރީކުން ފެށުނު ޓެކްނޮލޮޖިއާ އެވެ.
ޓެކްނޮލޮޖީއަކީ
މަސައްކަތްތެރިކަމުގެ ފަންނުތަކާ ބެހޭ ޢިލްމެވެ. ހަމައެހެންމެ އެ ފަދަ ކަންކަން
ކުރިއެރުވުމާބެހޭ ގޮތުން ކުރާ ދިރާސާތަކެވެ. މިދެންނެވި ޢިލްމާއި ދިރާސާތައް ބޭނުންކޮށްގެން
ލައްކަގިނަ ސާމާނު އުފައްދައި ކަންކަންވަނީ ކުރެވިފަ އެވެ. އިންސާނުންގެ
ދިރިއުޅުމަށް ބޮޑެތި ފަސޭހަތައް ވަނީ ގެނެސްދީފަ އެވެ. އަމުދުން 20ވަނަ އަދި 21
ވަނަ ގަރުނުގައެވެ. ދެބަހެއްނެތި އެއްބަސްވެވޭފަދައިން އޮކްސިޖަން ނެތަމަ ނޭވާ
ނުހިނގާނޫ އެވެ. ހަމައެބީދައިން ޓެކްނޮލޮޖީ ފިރާލައިފިނަމަ ދިރިއުޅުންވެސްވާނީ
މަރުވުމަށްވުރެ ހިތްދަތި އަނިޔާއަކަށެވެ.
ބުލެކު ބޮކްސް
ޢަލީ މުނީޒު (2012)
ކުޑަދައިތަ އަބަދުވެސް ބުނާ ވާހަކައެއް އޮވެ އެވެ. ކޮންމެ ފަދަ
ހާލެއްޖެހުނަސް އަހުރެން މަތިންދާބޯޓަކަށް ނާރާނަމެވެ. އެއް އިސްޓޭޝަނުން ފުރުމާއި
އަނެއް އިސްޓޭޝަނަށް ޖެއްސުމާދެމެދު އެއީ އިންސާނުންގެ ބާރު ހިނގާއެއްޗެއް ނޫނެވެ.
އެ ވަގުތުކޮޅުގެ ތެރޭގައި ހިނގާއެއްވެސްކަމެއް ﷲ ފިޔަވައި އެނގޭނެ ފަރާތެއް ނުވެ އެވެ.
ބޯޓުވެއްޓުނަސް ފަޅިވިޔަސް އެންމެ ކުޑަމިނުން އެކަންމެދުވެރިވާން
ދިމާންވިސަބަބެއްވެސް ނޭނގޭނެ އެވެ.
އެކަމަކު
މި ވިސްނުމަކީ ބޯދާވިސްނުމެކެވެ. 1903 ގައި އޯވިލް އާއި ވިލްބަރ ރައިޓު އުފެއްދި
މަތިންދާބޯޓަށް މި ޒަމާނުގެ ޓެކްނޮލޮޖީންވަނީ ބޮޑެތި ކުރިއެރުންތަކެއްގެނެސްފަ އެވެ. ފަޒާގައި
މާހޯރައެއްހެން އުދުހެމުންދާ ބިޔަ ދޫންޏާ ބިމާ ތާއަބަދު ވާހަކަދެކެވެއެވެ.
ކޮންމެވެސް މައްސަލައަކާހުރެ މަތިންދާބޯޓުގެ ނިޒާމު ފޫވެއްޓި އެކްސިޑެންޓެއް
ނުހިނގާނަމަ އެވެ. އެ ފަދަ ހާލަތުގައި ބޯޓު ވެއްޓި ޗިސްޗިސްވިޔަސް އެ ނާޒުކު
ދަނޑިވަޅުގައި ކަންވީގޮތްވެސް އަންގައިދޭނެ އާލާތެއް މަތިންދާބޯޓުގައި
ހަރުކުރެވިފައި ހުރެ އެވެ. އާދޭހެވެ. ތިޔަ ހީފުޅުކުރެއްވީ ހަމަ މުޅިން
ރަނގަޅަށެވެ. އެއީ ބޯޓުގެ ކަޅުފޮށްޓެވެ.
އިތުރަށް ވިދާޅުވުމަށް
އިތުރަށް ވިދާޅުވުމަށް
ޗެނަލް ޓަނަލް – ޓެކްނޮލޮޖީގެ
އަޖައިބެއް
ޢަލީ މުނީޒު (2012)
ބިމުގެ އެންމެ ބާރުގަދަ ޚަލްޤުކުރެއްވުމަކީ
އިންސާނުންނެވެ. މަނަކުސަވެހިން ވަނީ ދުނިޔަވީ ކޮންމެ ބާރަކާދެކޮޅަށް ތެދުވެ އެ
ބާރެއް ބަލިކުރާނެގޮތް ހޯދައިފަ އެވެ. ޢިލްމާއި ޙިލްމުވެރިކަމުގެ ތެރެއިންނެވެ.
ޓެކްނޮލޮޖީ އެއީ މައިހަތިޔާރަކަށް ހަދައިގެންނެވެ. މަސައްކަތްތެރިކަމުގެ
ފަންނުތަކާބެހޭ ޢިލްމަށް އަޖައިބެއްފަދަ ކުރިއެރުންތައް ގެނެސްގެންނެވެ. މި ފަދަ
މިސާލުތައް އެވޭލާއިންނާއި މިވޭލާއިންވެސް ފެންނަން އެބަހުއްޓެވެ. ބޮޑުފާރާއި
އަހުރާމުތަކެވެ. މިޒަމާނުގައި ކޮށްފައިވާ އެފަދަ މަސައްކަތްތައް ގުނައި
އަދަދުނުކުރެވޭހައި ގިނަ އެވެ. ނަމަވެސް މިސާލެއްގެ ގޮތުން އެއްމަސައްކަތެއް
ހުށަހަޅައިލަންޖެހޭނަމަ އެ ލިސްޓުގެ ކުރިޔަށް އަންނަ އެއްނަމަކަށްވާނީ މަޝްހޫރު
ޗެނަލްޓަނަލް އެވެ.
ވައްޖިދުވުން - ކިހިނެއްކުރާކަމެއް
ޢަލީ މުނީޒު (2014)
އެއީ ޑަކުޓަރީ ބޭސްވެރިކަމުގެ ކުރިއެރުން ރާއްޖެއަށް
މިހާރުފަދައިން ނުފޯރާ ޒަމާނެވެ. ވުމާއެކު ރޯގާ ބަލިމަޑުކަން އެ ދުވަސްވަރު
ރާއްޖޭގައި ވަރަށް އާންމެވެ. ހަ އަހަރުގެ ޙަސަނު ރޮމުން ދިޔައީ މުޅިގައި ފާރުވެ
ފޮޅުލައި ފައިވުމުގެ ސަބަބުންނެވެ. ލިބާސްލައްވާ ވަރަށް އުމުރުގޮސްފައި
ހުރިނަމަވެސް ފަނަރަ އަހަރުގެ
ކަތްދަ އޭރުވެސް ފެންނަނީ ދިހަވަރަކަށް އަހަރުގެ ކުޑަކުއްޖެއްހެންނެވެ.
ދެކުދިންނަށް ވެސް ޖެހިފައިވާ ބަލިމަޑުކަމުން ނަޖާވޭތޯ ލައްކަ ގިނަ މަސައްކަތް ވަނީ
ކޮށްފައެވެ. އެކަމަކު ލިޔުނު ތަވީދުތަކާއި ޖެހި އާހަދިތަކުން ވީކަމެއް ހަރާމެވެ.
އެންމެ ފަހުން ފަހުބަޑިޖެހިއެވެ.
އާދޭހެވެ. ވައްޖިދުވިއެވެ. އެހިސާބުން ދެކުދިންގެ ހާލަތަށްވެސް ބަދަލުއައިސް
ކަމުން ނަޖާވިއެވެ.
އަނބިން
ގިނަ ރަސްގެފާނާއި އޭނާގެ ޤައުމު
މުސްލިމުން ގަބޫލުކުރާގޮތުން ވެރިކަމަކީ ﷲ ތަޢާލާ ދެއްވަވާ އެއްޗެކެވެ.
އަމުދުން ޤައުމެއްގެ ވެރިކަމެވެ. ކަންމިހެން އޮތްނަމަވެސް ކޮންމެ ކަމަކަށްވެސް
ސަބަބުތަކެއް ބޭނުންވާ ފަދައިން ވެރިކަން ލިބެނީ ކޮންމެވެސް ސަބަބެއް ނުވަތަ
ސަބަބުތަކެއްގެ ތެރެއިންނެވެ. ބައެއް ފަހަރުމަތީ ފާސްތަކެވެ. އަނެއް ބައިފަހަރު
އާދަޔާ ޚިލާފު މަޤުބޫލުކަމެވެ. ނޫންނަމަ މަތިމަތި ފުށުން ވާރުތަވަމުން އައި ޢާއިލާ
އަށް ލިބިފައިވާ ނަސީބުވެރި ވިރާސީ ބާރުތަކެވެ. މިއިން މަގަކުން ވެރިކަމުގެ
ސަރިލާދޭސް ލިބިފައިވާ އިންސާނަކު ޤައުމެއްގެ ސިފަލިބިގެންވާ ހަމަ ކޮންމެ
ޤައުމެއްގެގައިވެސް ހުންނާނޫއެވެ. އެކުވެރި ދައުލަތްތައް ވެސް ޤަބޫލުކުރާ ސަތޭކަ
ނުވަދިހަ ތިން ޤައުމު ހިމެނޭއިރު މިއިން ކޮންމެ ޤައުމެއްގެ ވެރިއެއް ހުންނައިރު
ކޮންމެ ވެރިއަކީވެސް ތަފާތުވެރިކަމެއް ތަފާތު އާދަތަކެއްގެ ތެރެއިން ކުރަމުންދާ
ވެރިޔެކެވެ. މީގެ ތެރެއިން މި ލިޔުމުގައި ބަލައިލާނީ އެންމެ ޅަ އުމުރެއްގައި ޤައުމެއްގެ ރަސްކަމާ
ހަވާލުވި ރަސްގެ ފާނާއި އޭނާގެ ޤައުމުގެ މައްޗަށެވެ.
އެންމެ މަޝްހޫރު މަތިންދާބޯޓު
ޢަލީ މުނީޒު
ދަތުރުފަތުރަށް އައި އެންމެ ބޮޑު އިންޤިލާބަކީ ވައިގެ ދަތުރުފަތުރު
ތަޢާރުފުވުމެވެ. 1914 ވަނަ އަހަރުގެ ފުރަތަމަ ދުވަހު ސެއިންޓް ޕީޓަރސްބާގް -
ޓެމްޕާ އެއަރބޯޓު ލައިނުން ފުރަތަމަ ފަހަރަށް ތާވަލުކުރެވިގެން ވިޔަފާރި
އުސޫލުން ފެށި ވައިގެ ދަތުރުފަތުރަށް ގަރުނެއް ވީއިރު ދަތުރުފަތުރުގެ މައިބަދަ ކަމުގައި ވެފައިވަނީ ވައިގެ މަގުން ކުރެވޭ
ދަތުރުފަތުރެވެ. އެންމެ ތޭވީހަކަށް މިނެޓަށް ކުރަންފެށުނު ދަތުރުގެ ދިގުމިން
ހަތަރުދަމަށް ދިގުވެ އެންމެ ފަސިންޖަރަކާއެކު ކުރެވެމުން އައި ދަތުރުގައި މިއަދު
އަށްސަތޭކައަށް ވުރެ ގިނަ އާދަމުގެ ދަރިންވެސް އުފުލައެވެ. މަތިންދާބޯޓުތަކުގެ
ހުރިހާ މަރުކާތަކެއް އެއްތަނަކުން ފެނިއްޖެނަމަ މިއަދު ހީވާނީ ދޫނި އަރާ
ފިނޮޅަކުން އެކިޒާތުގެ ދޫނިތައް ފެންނަހެންނެވެ. އެކަމަކު ސުވާލަކީ މި ހުރިހާ
ވައްތަރުގެ ބޯޓުތަކުގެ ތެރެއިން ފަސިންޖަރުން އުފުލާ އެންމެ މަޝްހޫރު
މަތިންދާބޯޓަކީ ކޮބައިހެއްޔެވެ؟ އެންމެ ގިނަ ފަސިންޖަރުން އުފުލޭ ބޯޓު ހެއްޔެވެ؟
ނުވަތަ އެންމެ ބާރަށް ދުވާ ބޯޓުހެއްޔެވެ؟ ނޫނެކެވެ. އެ ބޯޓަކީ ކިތަންމެ
މުއްސަންޖަސް ވަރަށް މަދު މީހަކަށްމެ ނޫނީ އެރުމުގެ ނަސީބު ނުލިބޭ އެމެރިކާގެ
ދީވާނުގެ އެއްބައިކަމަށްވާ އެއަރފޯސް ވަން އެވެ.
ބޮޑުމާލޫދު ކިޔުން
ޢަލީ މުނީޒު (2014)
"ރަށުތެރެއިން
ދުވާނީ އެއްވަހަކަށް މީރު ހަވާދުތަކާއި ކަވާބުތަކުގެ ވަހެވެ. މަގުތައްމަތިން
ފެންނާނީ ހޭލަމޭލަވުމެވެ. ގޭގޭދޮށަށް ކައިރިކޮށްލުމުން ފެންނާނީ ލައިނުގަނެގެން
އުޅޭ މަންޒަރެވެ. ފަޒާގެ ތެރެއިން އިވޭނީ އެކިރާގުރާގަށް ޢަރަބިބަހުން ކިޔަމުންދާ
ޅެމުގެ އަޑާއި މާލޫދުބުރި ބުނާއަޑާއި ބަޑިބަޑިއަޅާފައި ފުލުފުލުން ފަޓާސްގޮއްވާ
އަޑެވެ." މި ދަންނަވައިލެވުނީ ދުވަހެއްގެ ހެނދުނު ނުވައަކާއި ދިހައަކާ
ދޭތެރޭގެ ވަގުތެއްގެ ވާހަކައެވެ. ހުރިހާކަމެއް ހުއްޓާލައިފައި ކަމާކަންފަށާ
ކޮންމެއަހަރަކުވެސް ނޮޅިވަރަމުގައި
ކިޔަމުންއައި ބޮޑުމާލޫދުގެ ދަމުކޭމަށް ކެއްކުމަށް ތައްޔާރުވަމުންދާ ވަގުތުގައި
އެރަށް ސިފަކުރެވޭނެ ގޮތުގެ ވާހަކައެވެ.
އިތުރަށް ވިދާޅުވުމަށް
2015 ވަނަ އަހަރުގެ ޖުލައިމަހުގެ 27 ވަނަ
ދުވަހުގެ އިރުއޮއްސެން ދަނީއެވެ. އެތައް ބައިވަރު ދީނީ އިޢުތިޤާދާއި ނަސްލުތަކާއި
ބަހާއި ބަހުރުވަތަކުގެވެރި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއަށް ނިސްބަތްވާ
1.2 ބިލިއަނަށްވުރެ ގިނަ މީހުން ދުވަސް ނިންމައިލުމަށް ހޭބޯނާރައި
ހެލިފެލިވަމުންދެއެވެ. އާންމު އާދަކާދައާއި ސަޤާފަތާއި ކާރޫބާރޫގެ ތެރެއިންނެވެ. އެހެނަސް
ހުރިހައި ގޮތަކުން ތަފާތުކަން ބޮޑު މި އާބާދީ ހިނދުކޮޅެއްގެ ތެރޭގައި ހުއްޓުންއެރިއެވެ.
އެންމެންގެ ލޯތައް ކަރުނުން ފުރާލިއެވެ. ކީއްވެގެންތޯއެވެ؟
ފަގީރު ހާލުގައި ބޮޑުފުޅުވެ އާދައިގެ ދިރިއުޅުމެއްގެ ތެރެއިން ހައިބަބޮޑު
މަޤާމަކަށް ވާސިލުވެ އެވެރިންގެ ހިތްތައް މިލްކުރެއްވި ހިތްތިރި މުސްލިމެއްގެ
ޚިދުމަތުން އެވެރިން ބީވެއްޖެ ކަމުގެ އަޑާއެކުގައެވެ. މިނިވަން އިންޑިޔާގެ
އެގާރަވަނަ ރައީސް އުމުރުފުޅުން ތެޔާހި އަހަރުފުޅުގައި ކުއްލި ގޮތަކަށް
ނިޔާވިކަމުގެ ހިތްދަތި ޚަބަރުގެ ސަބަބުންނެވެ.
އިތުރަށް ވިދާޅުވުމަށް
ކަލާމާއި ޚާންގެ ހަޔާތުން ލިއްބައިދޭ
ފިލާވަޅުތައް
ޢަލީ
މުނީޒު (2016)
2015 ވަނަ އަހަރުގެ ޖުލައިމަހުގެ 27 ވަނަ
ދުވަހުގެ އިރުއޮއްސެން ދަނީއެވެ. އެތައް ބައިވަރު ދީނީ އިޢުތިޤާދާއި ނަސްލުތަކާއި
ބަހާއި ބަހުރުވަތަކުގެވެރި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއަށް ނިސްބަތްވާ
1.2 ބިލިއަނަށްވުރެ ގިނަ މީހުން ދުވަސް ނިންމައިލުމަށް ހޭބޯނާރައި
ހެލިފެލިވަމުންދެއެވެ. އާންމު އާދަކާދައާއި ސަޤާފަތާއި ކާރޫބާރޫގެ ތެރެއިންނެވެ. އެހެނަސް
ހުރިހައި ގޮތަކުން ތަފާތުކަން ބޮޑު މި އާބާދީ ހިނދުކޮޅެއްގެ ތެރޭގައި ހުއްޓުންއެރިއެވެ.
އެންމެންގެ ލޯތައް ކަރުނުން ފުރާލިއެވެ. ކީއްވެގެންތޯއެވެ؟
ފަގީރު ހާލުގައި ބޮޑުފުޅުވެ އާދައިގެ ދިރިއުޅުމެއްގެ ތެރެއިން ހައިބަބޮޑު
މަޤާމަކަށް ވާސިލުވެ އެވެރިންގެ ހިތްތައް މިލްކުރެއްވި ހިތްތިރި މުސްލިމެއްގެ
ޚިދުމަތުން އެވެރިން ބީވެއްޖެ ކަމުގެ އަޑާއެކުގައެވެ. މިނިވަން އިންޑިޔާގެ
އެގާރަވަނަ ރައީސް އުމުރުފުޅުން ތެޔާހި އަހަރުފުޅުގައި ކުއްލި ގޮތަކަށް
ނިޔާވިކަމުގެ ހިތްދަތި ޚަބަރުގެ ސަބަބުންނެވެ.އިތުރަށް ވިދާޅުވުމަށް
ޤައުމިއްޔަތާއި
ޣައްދާރުން
ޢަލީ މުނީޒު
(2016)
ޤައުމު ދެމިއޮތުމަށް ކުރާ މަސައްކަތް
ކަމީނާކުރުވާ ކަންކަމުގެ ބަސްކޮށާރުގެ އެންމެ ކުރިން ޖާގަ ދޭނީ ކޮން ލަފުޒަކަށްތޯ
ފައިލަސޫފަކު ސުވާލުކުރިއެވެ. ކުރެވުނު ވަރުގަދަ ސުވާލުގެ ޖަވާބަށްޓަކައި
ވިސްނުމުގެ ސޯބުތައް ތިރީހަކަށް ސިކުންތަށް ބުރުނޭނގޭ ވަރަށް އަނބުރައިލުމަށްފަހު
ޖަވާބެއް ދިނީމުއެވެ. އުފާހުއްޓެވެ. ޖަވާބު ރަނގަޅެވެ. އޭނާ ބުންޏެވެ. ތެދެކެވެ.
ތިކަމުގެ ސަބަބުން އެތައް ގަރުނަކުން އާރާސްތުކުރާ ޤައުމުތައް ހިނދުކޮޅެއްގެ
ތެރޭގައި ފުނޑުފުނޑުކޮށްލައެވެ. އުފާ ފާގަތިކަމުގައި އުޅެމުންދާ މީސްތަކުން
ބަދުނަސީބާއި ފަގީރުކަމަށް ގެންގޮސް ގިއްގަޅުވައިލައެވެ. އުފާވެރި ޢާއިލާތައް
ހިތާމައިގެ ކަނޑެއްގައި ޣަރަޤުކޮށްލައެވެ. އާއެކެވެ. ޣައްދާރުވުމަކީ ޤައުމެއް
އެންމެ ފަސޭހައިން މަރައިލެވޭނެ ޖަރާސީމެވެ.
އިތުރަށް ވިދާޅުވުމަށް
ދިވެހި މަސްވެރިންގެ ފޯކު
ހީކުރުންތަކާއި ގަބޫލުކުރުންތައް އަދި އެކަމުގެ ނަތީޖާތައް (1)
ޢަލީ މުނީޒު – 2018
1.
ދިވެހި މަސްވެރިކަމުގައި ވެސް ގަބޫލުކުރުންތަކާއި ހީކުރުންތައް އެބަހުއްޓެވެ.
އެކަމަކު އެފަދަ ކަންތައްތައް ލިޔެ ހާމަކޮށްފައިވާ މިންވަރު މަދެވެ. ސީދާ ދިވެހި
މާހައުލާ ގުޅޭ އެފަދަ މަޢުލޫމާތު ލިބެންއޮތީ ތަޖުރިބާކާރު ކެޔޮޅުންގެ ފުށުންނެވެ.
2.
ދިވެހި މަސްވެރިން އިހުގައި ގަބޫލުކުރާ އެއްކަމަކީ "ކިޔެވެލި"
ކިޔަވައިފިނަމަ ރަނގަޅުގޮތްތައް މެދުވެރިވާނެކަމީ މުޖައްރިބުކަމެކެވެ. މިއީ ރުބިން ގޮޓެސްކި (1952)ގެ ބަހުންނަމަ
"ބިލީވްޑް ޓްރޫ" އެކެވެ. ކިޔެވެލިކިޔެވުން އެކި މަރުހަލާތަކުގައި
އޮވެއެވެ. އޮޑި ބާލާނީ ވަކި ޚާއްޞަ އިރުވަރެއްގައި ފަންޑިތަވެރިޔަކު
ލައްވައި "ކިޔެވެލި" ކިޔަވައިފައެވެ. އޮޑި ބާލަމުންދާއިރު އެންމެ
ފުރަތަމަ ލޮނުގަނޑުގައި ޖެހޭ ކަނދުބުރީގައި އެއްޗެހިތަކެއް ލިޔެފައިވާ ފަންވަތެއް
އޮންނާނެއެވެ. އަދި ވަރަށް ގިނަ ދޯނި ފަހަރުގެ އުޅަކުގައި ލޯވަޅެއް އަޅައިފައި
ހުންނާނެއެވެ. ބޭނުމަކީ
Foanun fontu fenivadai nugannavaanama kiyuhvumah
ދިވެހި މަސްވެރިންގެ ފޯކު
ހީކުރުންތަކާއި ގަބޫލުކުރުންތައް އަދި އެކަމުގެ ނަތީޖާތައް (2)
ޢަލީ މުނީޒު – 2018
2018 ފެބުރުއަރީ 22އާ ގުޅޭ
1.
މޫސުމީ ނިޝާންތަކާގުޅިގެން ދިވެހި މަސްވެރިން ގެންގުޅޭކަމަށް ޖަޢުފަރު މުޙައްމަދު
(2017) އަދި ޙުސައިން އިބްރާހީމް (2017) ކިޔައިދެއްވި ކަންތައްތަކާ ގުޅުންހުރި ހީކުރުންތައް
އެހެން ހިސާބުތަކުގެ މަސްވެރިން ވެސް ގެންގުޅެއެވެ. އޮސްޓްރޭލިއަން ނެޝަނަލް މެރިޓައިމް
މިއުޒިއަމް (ތ.ނ) ހާމަކުރައްވާގޮތުން ރޭގަނޑު އުޑުމަތި ރަތްކޮށް އޮވެފައި ހެނދު ވެސް
އެގޮތަށް އޮވެއްޖެނަމަ މާނައަކީ އެއީ ދަތުރުކުރަން ރައްކާތެރި ދުވަހެއް ނޫނެވެ. އަދި
ކަނޑުގަދަވެއްޖެނަމަ އަންހެނަކު ބަރަހަނާކޮށްފައި ޚާއްޞަކޮށް އުރަމަތި ދެއްކުމުން ކަނޑު
މަޑުވާނެއެވެ.
Foanun fontu fenivadai nugannavaanama kiyuhvumah
1.
ރާއްޖޭގެ ނަންކިޔުމުގެ ސަޤާފަތުގައިވާ ސިފަތައް ދެނެގަތުމަށްޓަކައި މި
ދާއިރާއިން ލިޔެފައިވާ އިތުބާރުހުރި ލިޔުންތައް ނެތަތީވެ މަޢުލޫމާތު ހޯދުމުގައި
އަސްލަކަށް ބަލަންޖެހުނީ އިލެކްޝަންސް ކޮމިޝަނުންނާއި ރަށްރަށުގެ
ނަންލިސްޓުތަކެވެ. އޭގެ އިތުރުން ބައެއް ރަށްރަށުގައި ނަންކިޔުމުގައިވާ ސަޤާފީ
ސިފަތައް ބަޔާންކޮށްފައިވާނީ އެ ރަށްރަށަށް ނިސްބަތްވާ ފަރާތްތަކުން ލިބުނު
މަޢުލޫމާތުންނެވެ.
ދިވެހިންގެ ނަންކިޔުމުގެ ސަޤާފަތުގައިވާ
އަމިއްލަވަންތަކަމާއި އެހެން ސަޤާފަތްތަކުގެ އަސަރުތައް (1)
ޢަލީ މުނީޒު – 2018
2.
ރާއްޖޭގައި ނަންކިޔުން އޮތްގޮތުގެ ވާހަކަ ދައްކާއިރު ފުރަތަމަ ވެސް
ފާހަގަކުރަން ޖެހެނީ ރާއްޖޭގެ ނަންކިޔުން ބައްޓަންވެފައި އޮތީ ގުރޯ ރެއިޒްޓަރ
(2012) ހާމަކުރައްވާފަދައިން ގިނަ މުސްލިމުން ނަންކިޔައި އުޅޭ ގޮތަށްކަމެވެ.
މަރްޔަމް އަޒުރާ އަޙުމަދާއި ޙަސަން ޙަމީދު (2011) ހާމަކުރައްވާގޮތުން ރާއްޖެ
އިސްލާމްވިއިރު ހުންނެވި ރަސްގެފާނަށް އިސްލާމްވުމުން ކިޔުނީ "މުޙައްމަދު
ބިން ޢަބްދުﷲ"އެވެ. ދިވެހިންގެ ނަންކިޔުމަށް އައި މި ބޮޑު ބަދަލުގެ
ފެށުން ބައްޓަންވީ ބެތް ނޮޓްޒަންއާއި ގައިލް ނެސަމް (2005) ހުށަހަޅުއްވާފަދައިން
އަރަބިން ނަންކިޔުމުގައި ބޭނުންކޮށްއުޅޭ "ނަސަބު" ބޭނުންކޮށްގެންނެވެ.
ދިވެހިންގެ ނަންކިޔުމުގެ ސަޤާފަތުގައިވާ އަމިއްލަވަންތަކަމާއި އެހެން ސަޤާފަތްތަކުގެ އަސަރުތައް (2)
ޢަލީ މުނީޒު – 2018
1.
ވަނަން ބޭނުންކުރުމަކީ ވެސް ރާއްޖޭގެ ނަންކިޔުމުގެ ސަޤާފަތުން ފެންނަ
ކަމެކެވެ.
ވަނަން ބޭނުންކުރާ ގޮތަށް ބަލާއިރު ކާކުކަން ދެނެގަތުމަށް ފަސޭހަކުރުމަށާއި ނަން ކުރުކޮށްލުމަށާއި ޝަޚުޞިއްޔަތުގައި ހުރި ސިފައެއް ހާމަކުރުމަށާއި ނަން ރައްދުވާ ފަރާތް ބޭނުންވެގެންނާއި ފުރައްސާރަކުރުމުގެ އިތުރުން ވާރުތަވަމުން އަންނަ ޢާއިލީ ވަނަންތައް ބޭނުންކޮށްފައި ހުންނަކަން ފާހަގަވެއެވެ. މީގެ އިތުރުން ދިމާވާ ހާދިސާއަކާ ގުޅިގެން ވަނަން ބޭނުންކޮށްފައި ހުރެއެވެ. ތާވަލު 3ގައިވާ މިސާލުތަކުން އެ ކަން ފާހަގަވާނެއެވެ.
ވަނަން ބޭނުންކުރާ ގޮތަށް ބަލާއިރު ކާކުކަން ދެނެގަތުމަށް ފަސޭހަކުރުމަށާއި ނަން ކުރުކޮށްލުމަށާއި ޝަޚުޞިއްޔަތުގައި ހުރި ސިފައެއް ހާމަކުރުމަށާއި ނަން ރައްދުވާ ފަރާތް ބޭނުންވެގެންނާއި ފުރައްސާރަކުރުމުގެ އިތުރުން ވާރުތަވަމުން އަންނަ ޢާއިލީ ވަނަންތައް ބޭނުންކޮށްފައި ހުންނަކަން ފާހަގަވެއެވެ. މީގެ އިތުރުން ދިމާވާ ހާދިސާއަކާ ގުޅިގެން ވަނަން ބޭނުންކޮށްފައި ހުރެއެވެ. ތާވަލު 3ގައިވާ މިސާލުތަކުން އެ ކަން ފާހަގަވާނެއެވެ.
2.
ރާއްޖޭގައި ކިޔޭ ބައެއް ޢާއިލީ ވަނަންތައް އެ މީހަކު ނިސްބަތްވާ ގެއާ
ގުޅުވައިގެން ކިޔައިފައި ހުރެއެވެ. މިސާލަކަށް "ޗަންޕާ"އަކީ އެ ފަދަ
ވަނަމެކެވެ. މިއީ އެމެރިކާގައި ވަނަން ބޭނުންކުރާ އުސޫލެކެވެ. (އަލްމިރާ ކޭ
ގަރަޔެވާއާއި ބައިވެރިން، 2016). ކުރޮއޭޝިއާގެ ބައެއް ވަންހަތަކުގައި ޢާއިލީ
ވަނަން ބޭނުންކުރެއެވެ. (އިނެސް ކާރވިކް، ކުރިސްޓިއަން ނޮވަކް، 2014). މިއީ
ރާއްޖޭގައި ބޭނުންކުރެވޭ ޢާއިލީ ވަނަންތަކުން ވެސް ފެންނަ ސިފައެކެވެ. އަޅުގަނޑުގެ
ޢާއިލީ ވަނަމަކީ "ދަގަނޑު"އާއި "ނައު"އެވެ.
އިތުރަށް ވިދާޅުވުމަށް
1.
މުދައްރިސް ކިލާހަށް ދުރުވެއްޖެއެވެ. ރަން ދުނިގަނޑު ލީ އައިނު ލޮލަށް
ހެޔޮވަރުކޮށްލެއްވުމަށްފަހު އައިނު މަތިން ޒާތަކަށް ބައްލަވައިލެއްވިއެވެ. ހިތްޕުޅާނުވެފައިވާ
އަމީރަކު ޚާދިމުންނަށް ބައްލަވައިލައްވާ ބީދައިންނެވެ. އެ ބައްލަވައިލެއްވި ގޮތުން
ވެސް ހީވީ މޭގަނޑު އަނގަޔަށް އައިސްފާނެހެންނެވެ. އިރުކޮޅަކުން ގާޒީއެއް ފަދައިން ބުނުއްވިއެވެ.
ފިލާވަޅު ކިޔައިދޭން ފަހަރަކު ކުއްޖަކު އަންނާށެވެ. ކިޔައިނުދެވޭ ކުދިން ގެޔަށް ދިޔަނުދީ
ގުދަނަށްލާނަމެވެ! އެ ވަގުތު ކުލާހުގެ ކުއްޖަކަށް އިން ތަނަށް ކުޑަގިފިއްޔަށްދެވުނެވެ.
ކީއްވެހެއްޔެވެ؟ ފިލާވަޅު ކިޔައިނުދެވިދާނެކަމުގެ ބިރާ ހެދިއެވެ. ކިޔައިނުދެވިއްޖެނަމަ
ގައިދީއަކަށްވެ ގައިދުވެދާނެތީއެވެ. މިއީ މި ޒަމާނުގެ މަދަރުސީ ހަޔާތުގައި ކުރަންޖެހޭ
ތަޖުރިބާއެއްނޫނަސް އިހުގައި އާންމު ކަމެކެވެ. އެއީ ހަމައެކަނި މަޖަލާއި
އުފާވެރިކަމުގެ މަދަރުސީ ހަޔާތެއްގެ ބަދަލުގައި ބިރުވެރިކަން ވެސް ހިމެނޭ ހަޔާތެކެވެ.
އިހުގެ މަދަރުސީ ހަޔާތް -
އުފަލާއި މަޖަލާއި ބިރުވެރިކަމުގެ ޒަމާނެއް
ޢަލީ މުނީޒު (2019)
1.
މުދައްރިސް ކިލާހަށް ދުރުވެއްޖެއެވެ. ރަން ދުނިގަނޑު ލީ އައިނު ލޮލަށް
ހެޔޮވަރުކޮށްލެއްވުމަށްފަހު އައިނު މަތިން ޒާތަކަށް ބައްލަވައިލެއްވިއެވެ. ހިތްޕުޅާނުވެފައިވާ
އަމީރަކު ޚާދިމުންނަށް ބައްލަވައިލައްވާ ބީދައިންނެވެ. އެ ބައްލަވައިލެއްވި ގޮތުން
ވެސް ހީވީ މޭގަނޑު އަނގަޔަށް އައިސްފާނެހެންނެވެ. އިރުކޮޅަކުން ގާޒީއެއް ފަދައިން ބުނުއްވިއެވެ.
ފިލާވަޅު ކިޔައިދޭން ފަހަރަކު ކުއްޖަކު އަންނާށެވެ. ކިޔައިނުދެވޭ ކުދިން ގެޔަށް ދިޔަނުދީ
ގުދަނަށްލާނަމެވެ! އެ ވަގުތު ކުލާހުގެ ކުއްޖަކަށް އިން ތަނަށް ކުޑަގިފިއްޔަށްދެވުނެވެ.
ކީއްވެހެއްޔެވެ؟ ފިލާވަޅު ކިޔައިނުދެވިދާނެކަމުގެ ބިރާ ހެދިއެވެ. ކިޔައިނުދެވިއްޖެނަމަ
ގައިދީއަކަށްވެ ގައިދުވެދާނެތީއެވެ. މިއީ މި ޒަމާނުގެ މަދަރުސީ ހަޔާތުގައި ކުރަންޖެހޭ
ތަޖުރިބާއެއްނޫނަސް އިހުގައި އާންމު ކަމެކެވެ. އެއީ ހަމައެކަނި މަޖަލާއި
އުފާވެރިކަމުގެ މަދަރުސީ ހަޔާތެއްގެ ބަދަލުގައި ބިރުވެރިކަން ވެސް ހިމެނޭ ހަޔާތެކެވެ.
އިތުރަށް ވިދާޅުވުމަށް
ދުޅަހެޔޮ މުޖުތަމަޢެއްގެ ސިފަތައް
ޢަލީ މުނީޒު – 2019
1.
ދުޅަހެޔޮކަމަކީ އިންސާނާގެ ދެމިއޮތުމާއި ނެތިދިއުމާ ދެމެދުގައިވާ ސަރައްކާއްޔެކެވެ.
އެ މަގުގެ އެއް
ކޮޅުގައި ވަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. އަނެއް ކޮޅުގައި
ވަނީ ނުތަނަވަސްކަމެވެ. މާޔޫސްކަމާއި ހާސްކަމެވެ. އިންސާނާއަކީ މުޖުތަމަޢުގެ މައި
ނާރެހެވެ. އިންސާނާގެ ދުޅަހެޔޮކަމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަކީ އެކުއެކީގައި
ހިނގާ އެއް ފައިސާފޮތީގެ ދެ ފުށެވެ. ވުމާއެކު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީ
ދުނިޔޭގެ ޤައުމުތަކުން ބޮޑު އިސްކަމެއްދޭ ކަމެކެވެ. ދިވެހިބަސްފޮތުގައިވާގޮތުން
"ގަދަވެ ހުރިނަމަ" އެ ހުރީ އިންސާނާ ދުޅަހެޔޮވެފައެވެ. އެކަމަކު
ސުވާލަކީ ދުޅަހެޔޮ މުޖުތަމަޢެއްކަމުގައި ކަނޑައެޅުމަށްޓަކައި އަޅުގަޑުމެން
މިނެކިރާނީ ކޮން ތަރާދަކުންހެއްޔެވެ؟ މިންއަޅާނީ ކޮން ފީތާއަކުންހެއްޔެވެ؟
އަނދަމުންދާ އިސްލާމީ ދުނިޔެ
ޢަލީ މުނީޒު (2020)
1.
އިސްލާމްދީނަކީ އެންމެހައި އިންސާނުން އެ ދީނަކަށް ތަބާވުމަށް މާތް ދޭވަތާއިންގެ
ގަދަ އަމުރު އައިސްފައިވާ، އަދި އެ ދީނުގެ
ހިދާޔަތާއި މޫރިތިކަމުން ދެ ދުނިޔޭގެ ރާސްތާއަށް ވެސް އިންސާނުންނަށް މަގުދައްކާ
މަންސޫޚުވުމެއްނެތް ތާއަބަދުގެ ދީނެވެ. އެކަމަކު މި ދެންނެވި މާތް ދީނުގެ
އަހުލުވެރިންގެ ސިޔާސީ އަދި އިޖުތިމާޢީ ހާލަތާމެދު ވިސްނުންހިންގައިލުމުން
ހިތްފަޅައިގެންގޮސް ލަގޮނޑި ނިކުންނަހައިވެއެވެ. ސުވާލަކީ އެންމެ މާތްދީނުގެ
އަހުލުވެރިންނަށް މިހާލު ޖެހުނީ ކީއްވެގެންހެއްޔެވެ؟ ސިޔާސީ، އިޤުތިޞާދީ އަދި އިޖުތިމާޢީ އަދާލަތު އެހެން
ދީންތަކުގައި ނުވާ މިންވަރަށް
އިސްލާމްދީނުގައި ވާއިރު މިއިން އެއްވެސް މައިދާނަކުން މުސްލިމުންނަށް މިއަދު ޖާގަ
ނުލިބެނީ ކީއްވެގެންހެއްޔެވެ؟ ބާތިލު އައިސް ޙައްޤުގެ މައްޗަށް ގަދަވެގަތީ ކޮން ސަބަބުތަކެއް
މެދުވެރިވެގެން ހެއްޔެވެ؟ އަނދަމުންދާ އަލިފާންގަނޑެއްގެ މިސާލުން މުސްލިމު
ލޮބުވެތި އުންމަތް އަނދައި އަޅިއަށްވަމުން ދަނީ ފަހެ ކޮންފަދަ ހަނަފަސްކަމަކާއި
ހިކިކަމެއް ކުރިމަތިވެގެން ހެއްޔެވެ؟ އަޅުގަނޑު ހިތުން މިއީ މުސްލިމެއްގެ
ހައިސިއްޔަތުން ހަމަ ކޮންމެ މުސްލިމަކު ވެސް އެނގެން ބޭނުވާނެ ސުވާލުތަކެކެވެ.
ވުމާއެކު މި މަޒުމޫނުގައި ބަލައިލާނީ އަނގުރު އަލިފާންގަނޑެއްހެން އިސްލާމީ ދުނިޔެ
އަދަންޖެހުނު ސަބަބުތަކަށެވެ.


Post a Comment