ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ
ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމެވެ.
ޢަލީ މުނީޒު - 2023
7.16ގެ ސުވާލުގެ ބާވަތް ތަފާތުކޮށްފައި ލިޔެފައިވާ ދެކޭގޮތް ހާމަކުރާ
މަޒުމޫނެއް (ގުރޭޑު 10)
ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު
ނިޢުމަތަކީ ކޮބައިހޭ ބުނެ ތިބާއާ ސުވާލުކޮށްފި ނަމަ ދޭނެ ޖަވާބަކާމެދު ވިސްނައިލީމުހެއްޔެވެ؟ އަޅުގަނޑުގެ ނަޒަރުގައި ސުވާލުގެ ޖަވާބަކީ އާގަމަވެ ކޮށިއަރައި ހާސްވަންޖެހޭ ފަދަ އުނދަގޫ
ޖަވާބެއްނޫނެވެ. އާދޭހެވެ. އެއީ އަހިލަންކައޭ ކިޔުނު މި ޖަޒީރާތަކުގައި ﷲގެ
ތަނަވަސް ރަޙުމަތްފުޅުން ލައްވަވައިފައިވާ ޝުކުރުކުރުން ޙައްޤު ޤުދުރަތީ
ރީތިކަމެވެ. ރަށްތަކުގެ
ވަށައިގެންވާ ހުދު ބޯކިރު ފޮދެއް ފަދަ ސާފު ގޮނޑުދޮށްތަކާއި އޯޝޯޚުކުރުވާ ފަދަ
ކަނޑުފަޅުގެ ދިރުންތަކާއި ޖޯގުރަފީގޮތުން ރަށްތައް އުފެދިފައިވާ ފުރިހަމަކަމުގެ
އިތުރުން ދެބައިހަމަ މޫސުމީ މާހައުލަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ އެންމެ
ބޮޑު ޤުދުރަތީ ނިޢުމަތްކަމާމެދު އަޅުގަނޑުގެ ހިތުގައި ކުޑަ ވެސް ޝައްކެއްނެތެވެ.
އަޅުގަނޑަށް ފެންނަ ގޮތުގައި
ރާއްޖޭގެ ރަށްތަކުގެ ވަށައިގެން ވާ ހުދު ބޯކިރު ފޮދެއް ފަދަ ހިމުން
ދޮންވެލީގެ ގޮނޑުދޮށްތަކަކީ އެ ނިޢުމަތަކާމެދު ތާ އަބަދު ފަޚުރުވެރިވާންޖެހޭ ފަދަ
ޤުދުރަތީ ރީތިކަމެކެވެ. އެ ގޮނޑުދޮށްތަކަކީ ރާއްޖޭގެ
ރީތިކަމާމެދު އެންމެ ގިނަ ދޫތައް ހަރަކާތްތެރިކުރުވާ ރީތިކަމެވެ. ޝާއިރުންގެ ޝާއިރިއްޔަތު
ބަންޑުންވާ ސަބަބުމެއެވެ. ކުރެވުނު ތަޖުރިބާގައި އެންމެ ގިނަ ލޯތައް ރާއްޖެއިން ދެކެން
ބޭނުންވި މަންޒަރަކީ ވެސް ފެހި ރަށްތަކުގެ ވަށައިގެން އޮޅައިލެވިފައިވާ ހުދު ފަގުޑިއެއް
ފަދަ ވެލިގަނޑެވެ. އެތައް ހާސް ގަޑި އިރެއްގެ މަންޒަރު ރެކޯޑުކޮށްފިއެވެ. އެތައް މިލިއަން ގަނޑެއްގެ ފޮޓޯތައް ވުޖޫދުކޮށްފިމެއެވެ. ވީއިރު ރާއްޖޭގެ ސާފު ހުދު ގޮނޑުދޮށްތަކަކީ
ލިބިފައިވާ އެންމެ ބޮޑު އެއް ޤުދުރަތީ ނިޢުމަތްކަމުގައި ނޫނީ ވާނެ ހަމައެއް ވެސް
ގޮތެއް ވިސްނުމަކަށްނާދެއެވެ.
ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަމާއި އެ ރީތިކަމުގައި
ފޮރުވިފައިވާ ދިރުންތަކުގެ މުއްސަނދި ޚަޒާނާއަކީ ވެސް ނިޢުމަތެއް ފަދަ ޤުދުރަތީ ރީތިކަމެއްކަމުގައި
މެނުވީ އަޅުގަނޑު ނުދެކެމެވެ. ނިކަން
ކަނޑުއަޑިއަށް ހިންގަވާށެވެ. ފެނިވަޑައި ތިޔަ ގަންނަވަނީ ތަޣައްޔަރުކަމެއް ނެތް
މުރަކައިގެ މާމެލާމެލާމެލީގެ ބަގީޗާއެކެވެ. މިލިއަން ބާވަތުގެ މުރަކަތަކުގެ
ތެރޭގައި ދެކޮޅަށް ދުވެލާ އެކި ކުލައިކުލައިގެ މަސްމަހާމެއްސެވެ. ސޭރިލައްވަމުން[1]
ދުވެ ހަރަށް ވަދެ ބޮނދަމުން ދާ ފަނިފަކުސައިގެ ބޮޑު ފައުޖެވެ. ޤުދުރަތީ ރީތިކަމުގެ
އިންތިހާ ދޮގެއްތޯއެވެ؟ މިއީ ބޮޑު ނިޢުމަތެއްނޫންކަމާމެދު ދެބަސްވެވޭކަށް ނެތެއްނޫންތޯއެވެ؟
"މަތި" ވެސް ހަމަ މި ފަދައެވެ. ގިނަ ރަށްރަށަށް ލިބިގެންވަނީ
ބިއްލޫރިކޮޅެއް ފަދަ ސާފު ފަޅުތަކެވެ. ބައެއް ހިސާބުތަކުގައި ނޫ ފުން
ވިލާއެކުއެވެ. އެ ފަޅުތަކާއި ވިލުތަކުގައި ފީނައި ފަތައި ދަތުރުކޮށްލުމަށް
ހިތްނޭދޭނެ ދިވެއްސަކު، އިންސިއަކު ހުންނާނެކަމަށް ހިތަކަށްނާރައެވެ. ޤުދުރަތުގެ މި ފަދަ ރީތިކަމެއްގެ
ވެރި ބައެއް ކަމުގައި ކުޑަމިނުން ހިމެނުމީ ވެސް ބޮޑު ނިޢުމަތެއްނޫންކަމަށް ގަބޫލެއްނުކުރެވެއެވެ.
[1] ގުދު
ހުކު ޖުމުލަ
ތީސީސް ޖުމުލަ (ހަނިކޮށް)
މައިގަނޑު ޖުމުލަ
ވަށައިޖައްސާ ޖުމުލަ
ތީސީސް ރިފުރޭޒްކޮށްފައި
ދެކޭގޮތް ހާމަކޮށްދޭ ލަފުޒާއި ޢިބާރާތްތައް

Post a Comment