ބަނޑޭރިގަނޑު » » ގުރޭޑު 9 ގެ ދިވެހި ސްކީމް

ގުރޭޑު 9 ގެ ދިވެހި ސްކީމް

| 6/27/2016 on Monday, June 27, 2016 dhuraya.blogspot.com :ލިޔުނީ


މި ސްކީމް އެކުލަވައިލުމުގައި މުޤައްރަރުގެ މަގުސަދުތައް ހާސިލުވާނެފަދަ ގޮތަކަށް ފިލާވަޅުރޭވުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެއެވެ. އެ ހަފުތާއަކަށް ތައްޔާރުކޮށްފައިވާ ފިލާވަޅުތައް އެ ހަފުތާގައި ނުނިމި/ނިމޭގޮތްވުމަކީ އެކަށީގެންވާކަމެއްކަން ހަނދުމަފުޅުބަހައްޓަވާށެވެ. ޓާމުތެރޭގައި އަންނަ ބަންދު ދުވަސްތަކަކަށް މި ސްކީމްގައި ދުވަސް އުނިކޮށްފައެއް ނުވާނެއެވެ. އަދި ރިވިޝަން ހަފުތާގެ ފިލާވަޅުތައް ހިމަނައިފައެއްވެސް ނުވާނެމެއެވެ. މި ބައިބައިގެ އިންތިޒާމުތައް ހަމަޖެއްސުން ދޫކޮށްލައިފައި އެވަނީ ހާލަތާއި މުދައްރިސާއި ދަރިވަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް އަމިއްލަ އިންތިޒާމެއް ހަމަޖެއްސުމަށެވެ.
މިސްކީމަކީ  ގުރޭޑު 9 ގެ ދަރިވަރުންނަށް ދިވެހިބަހާއި ބަހުގެ ފަންނުވެރިކަން އުނގަންނައި ދިނުމަށްޓަކައި އަޅުގަނޑު ތައްޔާރުކޮށްފައިވާ ސްކީމެކެވެ.
މިސްކީމު ތައްޔާރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގެ ސާނަވީ އެކެއްގެ ދިވެހި މުޤައްރަރުގެ ދެވަނަ އިސްދާރުގައިވާ ގުރޭޑު 9ގެ މުޤައްރަރުގެ މައްޗަށެވެ. ސްކީމް ތައްޔާރުކުރުމުގައި އަސްލަކަށް ބަލައިފައިވާނީ މުޤައްރަރެވެ. ފޮތެއް ނޫނެވެ.
މިސްކީމަކީ ގުރޭޑު 9 ގެ ދަރިވަރުންނަށް އެންމެ އެކަށީގެންވާ ސްކީމަކަށްނުވެ ހިނގައިދާނެއެވެ. އެހެންނަމަވެސް މިސްކީމުގެ ސަބަބުން ކިޔަވައިދިނުން ފަހިވެ ދަރިވަރުން މިންކުރުމާއި ހާސިލުވި މިންވަރު ދަނެގަތުމަށް ފަސޭހަވާނޭކަމަށް އުންމީދުކުރެވެއެވެ. އަދި ހަމައެހެންމެ މިހާރު ހުރި ހިސާބު ވަޒަން ކުރެއްވުމާއެކު ކުރިޔަށް ދިޔުމަށް ދެން އަޅާންޖެހޭ ފިޔަވަޅު ދަނެގަތުމުގައި އެހީއަކަށް ފުދޭނެއެވެ.
ބަހަކީ ޤައުމުގެ އެންމެ މުހިންމު އެއްރުކުނެވެ. ތަޢުލީމުގެ އެންމެ މުހިންމު ވަޞީލަތެވެ. މުހުތާދުތައް ފުއްދުމުގެ އެންމެ އިސް އުކުޅެވެ. ޤާބިލުކަން ހާމަކޮށްދިނުމުގެ އެންމެ ބޭނުންތެރި ހުނަރެވެ. ކާމިޔާބު ދިރިއުޅުމެއްގެ އެންމެ އުސްކުންނެވެ. ވީއިރު ބަސްކިޔަވައިދޭ މުދައްރިސުންނަކީ ވަރަށްޒިންމާ ބޮޑު ބުރަ މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ މީހުންނެވެ. އެހެންކަމުން ތިބި ހިސާބުގައި މަޑުޖެހި މި މިންވަރުން ފުއްދުމަކީ އެދެވޭ ގޮތަކަށްނުވާނެއެވެ.
މިސްކީމަކީ މިއީ ރަތްލާޖެހި ގޮތްކަމަށް ނުބައްލަވާށެވެ. ހަމައެކަނީ ކޮށައިލެވިފައިވާ މަގެއްކަމަށް ބައްލަވާށެވެ. ޒަމާނީ ވަސީލަތްތަކުގެ އެހީގައި މިމަގު ފުޅާކޮށް ތަނަވަސް ކުރުމަށް ހިންމަތް ކުރާށެވެ. ލިބެންހުރި އެންމެ ރަނގަޅު އެހީތަކަށް ބަލައި ކިޔަވައިދިނުމަށް ބަދަލުގެނެވުމަކީ އެންމެ ރަނގަޅުގޮތެވެ. އޭރުން ދަރިވަރުން ބަސް ކިޔެވުމަށް ހުންނަ ޝައުޤު ވެރިކަން އިތުރުވެ މާއްދާއަށް ލޯބި ކުރާނެއެވެ. އެހެން ކަމުން މި މަގުސަދުގައި ގެނެވޭ ބަދަލުތަކާއި ބޭނުންކުރެވޭ އެހީތަކާއި ފެންނަ އިޞްލާޙުތައް އިތުރު ޚިޔާލުގެ ގޮޅީގައި ނޯޓުކުރެއްވުން ރަނގަޅެވެ. އޭރުން މުރާޖަޢާކުރުމުގައި ފަސޭހަތަކެއް ލިއްބައިދޭނެއެވެ.
ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުޙަބާކިޔަމުއެވެ. ޚިޔާލުފުޅެއް އޮތްނަމަ ހިއްސާކޮށްލެއްވުމަށް ދަޢުވަތު އަރުވަމުއެވެ.


                                                                                         ޢަލީ މުނީޒު 


މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA