ދާއިރާއިން ބޭރު

އުނބު ބަންޑުން ޖެހުން
ޢަލީ މުނީޒު (2015)
ވަވަޒީފާގެ  މާހައުލުގައި އުޅޭ އިރު އަބަދުވެސް ކުރާ ޝަކުވާއަކީ ބުރަކަމު ގެ ޝަކުވާއެވެ. ހުސްވަގުތެއް ނުލިބޭކަމުގެ ޝަކުވާއެވެ. ވަޒީފާއާ ގުޅުން ނެތް ކޮންމެ ކަމަކުން ރެކިގަތުމަށް ބަހަނާއެއްގެ ގޮތުގައި ދައްކަނީވެސް މި ދެންނެވި ޝަކުވާއެވެ. ކަންމިހެން އޮއްވައި ޒަމާން ގަނޑަކަށްފަހު ބޮޑު ޗުއްޓީގެ ބޮޑުބައެއް ރަށުގައި ގާއިމުވެހުރުމުގެ ފުރުޞަތު ލިބިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ކުރިން ބަޔާންކުރި ބުރަކަން ކެނޑި ހުސްވަގުތުން މީހާ ފުރައިލިއެވެ.
ވުމާއެކު ޖެހުނީ ލިބެން ފެށި ހުސްވަގުތުތައް ފައިދާހުރި ގޮތަކަށް ފުރާނެގޮތުގެ ފިކުރެއް ކުރާށެވެ. ލައްކަ ގޮތްގޮތަށް ވިސްނުމަށްފަހު ވަލަށް ދާންފެށީމެވެ. އެކަމުން ދެތިން ހަތަރު ގޮތަކުން ނަފާލިބޭނެކަމަށް ވިސްނިގެންނެވެ. ވަލަށް ދިއުމުން ކާށި ލިބޭނެއެވެ. މި ދުވަސްވަރު ކާށީގެ އަގު އުޅެނީ ރަނުގެ އަގުގައެވެ. އަތް ނުފޯރާފަށުގައެވެ. ވީމާ ކާށި ލިބޭނަމަ ބޮޑު ޚަރަދެއް ކުޑަވެސް ކޮށްލެވުނީއެވެ. ނުވިތާކަށް އެއް ފައިސާ ފޮތި ދެ ފައިސާފޮތްޗަށް ހަދައިވެސް ލެވިދާނެތާއެވެ. 



Phonun fontu nufena nama PDF file download kureh vumah




ނޮޅިވަރަމު ރަށްވެހިކަމުގައި ފަހަތަށް ދިޔައީ ކީއްވެ؟


ޢަލީ މުނީޒު (2020)
ރާއްޖޭގެ އުތުރުން އެންމެ އަލިގަދަ ދެ ޖަވާހިރުގެ މެދުގައި ގެއްލިފައި އޮތް މާ ބިޔަ މި ރަށަކީ ޒަމާނީ ތަމައްދުނުގައި ތަންކޮޅެއް ފަހަތަށް ސޮއްސައިލައިފައި އޮތް ރަށެކެވެ. މުޅި ރާއްޖެ ދަންނަ މަޝްހޫރު ދެ ރަށުގެ ދެމެދުގައި އޮތެއްކަމަކު ނޮޅިވަރަމަކީ މިއަދު އާންމުންގެ ޗާޓުން ގެއްލިފައިވާ ރަށެކެވެ. ދޫތަކަށް އާންމު ނޫން ނަމެކެވެ. އެކަމަކު މި ރަށަކީ ދެވަނަ ބޮޑުހަނގުރާމައިގެ ބޮޑުތަދުން ފެށިގެން 1980ގެ އަހަރުތަކުގެ ފަހުކޮޅާ ހަމައަށް ރާއްޖެއަށް މަޝްހޫރު ފުދުންތެރި ރައްޔިތުންތަކެއް ދިރިއުޅެމުން އައި ރަށެކެވެ. އެހެންނަމަވެސް މި ރަށުގައި ކުރަމުން އައި އިޤުތިޞާދީ މަސައްކަތުގެ ސަބަބުން އާންމުންގެ ހެލިފެލިވުން ބުރަހެލިކޮށްފައިވަނިކޮށް ޒަމާނާއެއްވަރަށް އެ މަސައްކަތް ނުގެންދެވުމުގެ ނަތީޖާއަކީ ރާއްޖޭގެ މީހުން ނުދަންނަ ބީރަށްޓެހި ރަށަކަށް މި ރަށް ބަދަލުވުމެވެ.

އިތުރަށް ވިދާޅުވުމަށް


މުސާރަ ނުލިބޭ ވަޒީފާ

ޢަލީ މުނީޒު (2021)

ދުވަހުގެ ބުރަ މަސައްކަތަށްފަހު ގެއަށް ވަދެވުނު އިރު ވެސް އަހަރެން ހުރީ ރުންކުރުވެފައެވެ.
ރުޅިގަދަވެފައެވެ. މިއައި އޮފީހުގެ ބުރަ ގޮންޖެހުންބޮޑު އަގުވަޒަންކުރުމެއް ނުވާ މާހައުލުގައި ހަތް ގަޑިއިރެއްހައި އިރު ގޮނޑިއެއް ހޫނުކޮށްފައެވެ. ނަތީޖާއެއް ނުނެރެވޭ މަސައްކަތްތަކެއް ކޮށް ހަކަތަ ހުސްކޮށްގެންނެވެ. ވަދެ ހަމަޖެހި ނުލެވެނީސް ގަންނަންވީ ތަކެތީގެ ލިސްޓު އަންހެނުން ކިޔަންފެށިއެވެ. ނުގަނެވި ވާ އެއްޗެހީގެ ނަންތައް އަމުނަންފެށިއެވެ. ގެއަށް ވަންނަ ތަނުން ތިހައި ގިނަ ޝަކުވާ ތި ކުރަނީ މިއައީ ވަޒީފާއެއްގައި އުޅެފައި ލޮޑުވެގެންކަން ނޭނގެނީތޯ ސުވާލު އުފެއްދީމެވެ. އެކަމަކު ހަމަޖެހިލައިފައި އަންހެނުން ދިން ރައްދުން އަހަރެންގެ ވިސްނުން ބަދަލުކުރަން މަޖުބޫރުވިއެވެ.  ތެދެކެވެ. މުސާރައެއް ނުލިބުނަސް ގޭގައި އަންހެންވެރިން އެ ކުރާ މަސައްކަތަކީ މުސާރަ ލިބޭ ވަޒީފާއަކަށްވުރެ ގޮންޖެހުން ގިނަ ބުރަ ވަޒީފާއެކެވެ.

އިތުރަށް ވިދާޅުވުމަށް



މެދުނޫން މެދު އިރުމައްޗާއި ދޮންނޫން ދޮންބޭބެ

ޢަލީ މުނީޒު (2021)

1.                

ފަލަސްތީނު ނޭނގޭ ބަޔަކު ދުނިޔޭގައި ވާނެކަމާމެދު ޝައްކެވެ. އެ މީހުން ތަޙައްމުލުކުރަންޖެހިފައިވާ ތަކުލީފާއި
ނުރައްކާތައް އެހެން އެއްވެސް ޤައުމަކަށްވުރެ ބޮޑެވެ. މައިގަނޑު އަސްލަކީ މިނިވަންކަމެވެ. އަގުސާ މިސްކިތާއި ގުދުހެވެ. ބައެއް ފަހަރު އެ ޤައުމުގެ ބައެއް ރަށްރަށާހެދިއެވެ. އެފަދަ އެއް ރަށަކީ ޝައިޚު ޖައްރާޙެވެ. ޞަލީބީންގެ އަތްދަށުން ގުދުސް މިނިވަންކުރެއްވި އިސްލާމީ ފާތިޙު ޞަލާޙުއްދީނުލް އައްޔޫބީގެ ޚާއްޞަ ޑަކުޓަރު ހުސާމުއްދީންގެ ޚިދުމަތް ވަރަށް ބޮޑަށް އެ ރަށަށް ލިބުނެވެ. ޖައްރާޙީ ވަނީ އެ ރަށުގައި ކިޔަވައިދެއްވައިފައެވެ. މަދުރަސާއެއް ބިނާކުރައްވައިފައެވެ. އޭނާގެ މަހާނަ ވެސް ވަނީ އެ ރަށުގައެވެ. އަރަބިބަހުން "ޖައްރާޙު"ގެ މާނައަކީ އޮޕަރޭޝަން ޑަކުޓަރެވެ. މަސައްކަތުގެ ނަމަށް ނިސްބަތްކޮށް ހުސާމުއްދީން އަލް ޖައްރާޙީއޭ ކިޔާ ކިޔުމަށް ވިސްނައިލާނަމަ ޝައިޚު ޖައްރާހުގެ ނަމާމެދު ސުވާލު އުފައްދާނެ ޖާގައެއްނެތެވެ. އެކަމަކު ތަންތަނަށާއި މީހުންނަށް ނަންކިޔައިފައި ހުންނަ ގޮތާމެދު ވިސްނާލައިފިނަމަ ހިނިއައިސް ސުވާލު އުފެއްދޭނެ ފަދަ ނަންނަން އެބަހުއްޓެވެ. ރާއްޖެއާއި ބޭރުގައެވެ.

އިތުރަށް ވިދާޅުވުމަށް


އެންމެ ދުވަސްވީ ގަހާއި އެންމެ ލޯބިވާ ހިޔާވަހި


މި ލިޔުމާ އެކު ހިއްސާކޮށްފައި އެ ވަނީ ނޮޅިވަރަމު އިސްކޯލުގައި މި ވަގުތު ހުރި އެންމެ ދުވަސްވީ ގަހެވެ. އެ ގަސް މި ހިސާބަށް އައި ގޮތުގެ ތަފުސީލު ބޭނުންހެއްޔެވެ؟ އެހެންކަމަށް ވާ ނަމަ ކުޑަ ހިނދުކޮޅަކަށް އަޅުގަނޑާ އެކު ކުރިޔަށް ހިންގަވާށެވެ.

އިތުރަށް ވިދާޅުވުމަށް



ފެހި ކާރު


ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރުމީ އުފާވެރި ޚަބަރެކެވެ. އެއީ ކޮންމެހެން މުހިންމު ކަމެކެވެ. އެންމެ ފަރުދަކަށް ދިމާވި އެތައް ހާދިސާއެއްގެ ތެރެއިން އެންމެ ފަހުން ދިމާވި ހާދިސާއަށް ބެލިޔަސް ކަމުގެ މުހިންމުކަން ސާބިތުވެއެވެ. ހަމައެކަނި "ފެހި ކާރު"ތަކުގެ މައްސަލައަށް ބެލި ނަމަވެސް ކަމުގެ މުހިންމުކަން ބޮޑުކަން ހާމަވެއެވެ. ކިޔައިލަމާހެއްޔެވެ؟

ފާއިތުވި ރޯދަމަހެވެ. ބުރާސްފަތި ދުވަހެކެވެ. ފުރަމާލެއެވެ. ރޯދަވީއްލުމުގެ ދަޢުވަތެއް ލިބިފައިއޮތެވެ. އެންމެ ގާތް މިތުރުގެ ގެއަށެވެ. ދާންޖެހެނީ ހުޅުމާލެއަށެވެ. ދަރިން ބޭނުންވީ އަސުރުން ފޭބުމާ އެކު ހުޅުމާލެއަށް ދާށެވެ. ތަންތަން ބަލައިލާ ރޯދަކުރުކޮށްލުމަށެވެ. އެހެންވެ އެއް ބަޔަކު ބަހުގައި އަނެއް ބަޔަކު ސައިކަލުގައި ހުޅުމާލެއަށް ހިނގައްޖެއެވެ.

އިތުރަށް ވިދާޅުވުމަށް




Post a Comment

 
© 2015-2020.MuNeEz by DHURAYA