ދެކޭގޮތް ހާމަކުރުމަށް ލިޔާ ލިޔުންތައް

ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމެވެ.

ޢަލީ މުނީޒު - 2023

7.16ގެ ސުވާލުގެ ބާވަތް ތަފާތުކޮށްފައި ލިޔެފައިވާ ދެކޭގޮތް ހާމަކުރާ މަޒުމޫނެއް  (ގުރޭޑު 10)

ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ ކޮބައިހޭ ބުނެ ތިބާއާ ސުވާލުކޮށްފި ނަމަ ދޭނެ ޖަވާބަކާމެދު ވިސްނައިލީމުހެއްޔެވެ؟ އަޅުގަނޑުގެ ނަޒަރުގައި ސުވާލުގެ ޖަވާބަކީ އާގަމަވެ ކޮށިއަރައި ހާސްވަންޖެހޭ ފަދަ އުނދަގޫ ޖަވާބެއްނޫނެވެ. އާދޭހެވެ. އެއީ އަހިލަންކައޭ ކިޔުނު މި ޖަޒީރާތަކުގައި ﷲގެ ތަނަވަސް ރަޙުމަތްފުޅުން ލައްވަވައިފައިވާ ޝުކުރުކުރުން ޙައްޤު ޤުދުރަތީ ރީތިކަމެވެ. ރަށްތަކުގެ ވަށައިގެންވާ ހުދު ބޯކިރު ފޮދެއް ފަދަ ސާފު ގޮނޑުދޮށްތަކާއި އޯޝޯޚުކުރުވާ ފަދަ ކަނޑުފަޅުގެ ދިރުންތަކާއި ޖޯގުރަފީގޮތުން ރަށްތައް އުފެދިފައިވާ ފުރިހަމަކަމުގެ އިތުރުން ދެބައިހަމަ މޫސުމީ މާހައުލަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ޤުދުރަތީ ނިޢުމަތްކަމާމެދު އަޅުގަނޑުގެ ހިތުގައި ކުޑަ ވެސް ޝައްކެއްނެތެވެ.

މުޅި މަޒުމޫނު ކިޔައިލުމަށް



Post a Comment

 
© 2015-2020.MuNeEz by DHURAYA