ބަހުސްކުރާ

ކާބަންނިއުޓުރަލް ކުރުމާއި ތިމާވެށީގެ މައްސަލަތައް – އިސްކަންދޭންވީ ކޮންކަމަކަށް؟

ޢަލީ މުނީޒު


އެއް ބަޔަކު ބިރުން ތެޅިފޮޅެނީ އެވެ. ގަދަވަޔާއެކު އަރާ އުދައިގެ ބާނިތަކުގެ ޝިކާރައަކަށްވެ ގޯތިގެދޮރާއި މުދާކޮޅު އޮޔާ ހިނގައިދާނެތީ އެވެ. އަނެއްބަޔަކު މަސައްކަތްކުރަނީ ފެންނުވަރާށެވެ. ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން ކުރިމަތިވާ ޒާތްޒާތުގެ މައްސަލަތައްދެކެ ގަންނާކުރައްވާ ބިރެއްގެ ބޮޑުކަމުންނެވެ. ހަމައެހެންމެ ނޯށްދަމާލަން ނުކެރޭ ބަޔަކުވެސް އުޅެތެވެ. ނައްތާލެވޭނެ ގޮތެއް ނެތި ޖަމާވެފައިވާ ބިޔަ ފަރުބަދައެއްފަދަ  ކުނިގޮނޑުން ދުވާ މުޑުދާރުވަހުގެ ސަބަބުންނެވެ. މި ބަޔާންކޮށްދެވުނީ ކެލައައްޑުއާ ދެމެދު މިވާ ޖަޒީރާތަކުގައި ދިރި އުޅޭ ތިންލައްކައެއްހައި އިންސިންގެ ހާލަތުގެ ވާހަކަ އެވެ. ރާއްޖެ ގައިދުވެ ކަސްތޮޅުއެޅިފައިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ހަމަ ކުޑަކުޑަ މިންވަރެއްގެ ވާހަކަ އެވެ. އެކަމަކު މިކަންތައްތަކުގެ ހައްލެއް ފެންނަންނެތި ހާކަނޑުގައި އެވެރިން ލަބަރިތަޅަމުންދާއިރު އުފެދޭ ސުވާލަކީ ދިވެހި ދައުލަތުގެ ޚަޒާނާއިން ބޮޑު ޚަރަދެއް ފުރަތަމަ ކުރަންވީ ޤައުމު ކާބަން ނިއުޓުރަލް ކުރަންހެއްޔެވެ؟ ނޫންނަމަ ތިމާވެށީގެ ގޮތުން ކުރިމަތިވެފައި ހުރި އެހެނިހެން މައްސަލަތައް ހައްލުކުރަން ހެއްޔެވެ؟

Post a Comment

 
© 2015-2020.MuNeEz by DHURAYA