ގުރޭޑު 9 (21-22)

މި ސަފުހާގައި މި ގެނެސްދެނީ ގުރޭޑު 9ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތްތައް ބެލެނިވެރިންނާ ހިއްސާކުރުމަށް ގަބޫލުވި ދަރިވަރުންގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ބްލޮގަށް ލަމުންގެންދާނީ ޓައިޕުކޮށްފައި ގޫގުލް ކިލާހަށް ލުމުންނެވެ.

އަހަރެންގެ ހުވަފެނީ ގެ

ޙައިފާ ޙުސައިން  - 9އޭ  - 1517

ބަލައިލާ ބަލައިލުމުން ހީވާނީ އެހެން ގޭތަކެކޭ އެއްފަދައިން ވަށައިފާރު ރާނައިފައިވާ އާންމު ގެއެއްހެންނެވެ. ނަމަވެސް އެތެރެއަށް  ވަދެ ބަލައިލުމުން ފެންނާނީ މުޅިން ތަފާތު މަންޒަރުތަކެކެވެ. އަހަރެންގެ  މި ހުވަފެނީގެއަކީ ކުޑަ ނަމަވެސް ދިރިއުޅުމަށް ވަރަށް ހިތްގައިމު ތަނެކެވެ.

އިތުރަށް ވިދާޅުވުމަށް


 އަހަރެންގެ ހުވަފެނީ ގެ 

ނައުރާ އަޙުމަދު ރަމީޒު  - 9އޭ  - 1518

މަޝްހޫރު މީހުންގެ ގެތައް ހުންނަހެން އެކި ބުރިބުރިއަށް ނަގައިފައިނުވެއެވެ. ވަށާފާރުގައި ވިލު ނޫކުލައެއް ލެވިފައި ވީއިރު، ލަކުޑި ގަނޑެއްހައި މުށިކަން ގަދަ ދޮރެއް ލާފައި ހުއްޓެވެ. ގޭގެ ފާރުމަތި ފަޅުފިލުވާލައިފައި ވަނީ އެކި ކަހަލަ ގަސްގަހުގެ ގޮފިތަކުންނާއި ވެޔޮތަކުންނެވެ. އާދެ! މި ކިޔައިދެވުނީ އަހަރެންގެ ހުވަފެނީގޭ ދުރުން ފެންނާނެ ގޮތެވެ.

އިތުރަށް ވިދާޅުވުމަށް

އަހަރެންގެ ހުވަފެނީ ގެ 

ނާހިޔަތު ޢަބްދުލް ޙަމީދު  - 9އޭ  - 1560

 ރާއްޖޭގެ އެކި ރަށްތަކުގެ މަލަމަތި ފަދައިން ގިނަ ގަސްތަކެއް ފެންނަން ހުންނާނެ ތަނަކަށް އަހަރެންގެ ހުވަފެނީ ގެ ވާނެއެވެ. ވަޒީފާއިން ގެއަށް ގޮސް ހިތްހަމަ ޖައްސައިލުމަށް އެތައް ވަސީލަތެއް ހުންނާނެއެވެ. މީހުންގެ ހުވަފެނީ ޚިޔާލުތަކުގައި ގެންގުޅޭފަދައިން އަހަރެން ގެންގުޅޭ ތަނަކީ އަހަރެންގެ ހުވަފެނީ ގެއެވެ.

އިތުރަށް ވިދާޅުވުމަށް 


އަހަރެންގެ ހުވަފެނީ ގެ 

ޒަހުދާ މުޙައްމަދު - 9އޭ  - 1548

 އަތިރިން ލިބޭ ފަދަ ސާފު ވައިލިބޭ، ހިތްގައިމު ގެއަކަށް އެ ގެ ވާނެއެވެ. އިންޑިއާގެ ތާޖުމަހަލްއާ އެއްފަދަ  ނުވިއަސް އަމިއްލައަށް އެހެން ހިތައިގެން އުޅޭ ރީތި ބޮޑު ގެއެކެވެ. ފޮރުވިފައިވާ އެއްޗެއް ފަދައިން ގޭގެ ބޭރު ވިޔަސް އެތެރެ ފެނުމުން އަޖައިބު ވާނެއެވެ. ގަސްތަކުން ފުރިފައިވާ ގެއެކެވެ. ގަދަހޫނުގައި ހިތްހަމަޖައްސާލަން އުޅެވޭނެ ތަނެކެވެ. ކޮންމެ ދުވަހަކު ހެނދުނު ކޮވެލިތައް ހީވަނީ ލަވަކިޔާ ހެންނެވެ. ރާޅުތައް ދެ ކޮޅުންބިންދާލާއަޑު ލަވައެއްހެން އިވެއެވެ. ހޫނު ދުވަސްވަރު އެރިލުމަށް ޓެނިސް ކޯޓެއްވަރު ފަތާފެންގަނޑެއް އޮވެއެވެ. އެކި މާމެލީގެ މީރުވަހުން މުޅި ގެ ވަނީ ތާޒާކޮށްފައެވެ. މިއީ އަޅުގަނޑުގެ ހުވަފެނީގޭގެ ކުޑަ ތަޞައްވުރެކެވެ.

އިތުރަށް ވިދާޅުވުމަށް


Post a Comment

 
© 2015-2020.MuNeEz by DHURAYA