ފޮތެއްގެ ތަޢާރުފު: ދޮންހިޔަލަ
އާއި އަލިފުޅު

އެއްބަޔަކު ސިފަކުރަނީ އެއީ ދިވެހިންގެ "ލައިލާ އާއި
މަޖުނޫނު"ކަމުގަ އެވެ. އަނެއްބަޔަކު ގަބޫލުކުރަނީ އެއީ އަހިލަންކައިގެ
"ޝީރީނާއި ފަރުހާދު"ކަމުގަ އެވެ. ޒަމާނުގެ ޒުވާނުން ބަލައިގަންނަނީ އެއީ
މިކަރައިގެ "ރޯމިއޯ އެންޑް ޖޫލިއަޓް"ގެ ގޮތުގަ އެވެ. އެކިގޮތްގޮތަށް ސިފަކުރިޔަސް
އެންމެން އިއްތިފާގުވާ ޙަޤީޤަތަކީ "ދޮންހިޔަލަ އާއި އަލިފުޅަކީ" އަސަރުގަދަ ލޯބީގެ ވާހަކައެއް ކަމެވެ. ލޯތްބާއި
ކުލުނާއި ޖަޒުބާތު އެންމެ މަތީ ފެންވަރުގައި ހިމެނޭ ހިތާމަވެރި ލޯބީގެ
ވާހަކައެއްކަމެވެ. ދިވެހި އަދަބިއްޔާތުގެ ފަގީރު ފޮތް އަލަމާރީގައި ވާ މުތެއްފަދަ
އަގުބޮޑު ޖަވާހިރެއްކަމެވެ.
Post a Comment