ވާހަކަތައް

ނޯޓު: މިއީ ހުރިހައި މާނައެއްގައިވެސް ޚިޔާލީ ވާހަކަ އެކެވެ. ޝަޚުޞިއްޔަތުތަކާއި ހާދިސާތަކަކީ އެކަމުގައި އުފެދުމެއް ނުވާ ޚިޔާލީ ކަންތައްތަކެކެވެ.

2050
ބުރިޓިޝް އެއަރވޭސްގެ އޭ 500 ސީ މަރުކާގެ މަތިންދާ ބޯޓުގެ ފުރޮޅުތައް ހަނިމާދޫ ބައިނަލް އަގުވާމީ މަތިންދާ ބޯޓުގެ ފުރޮޅުތައް ހަނިމާދޫ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގެ ތާރު ރަންވޭގައި ބުރު އެނގުމެއް ނުވާ ބާރުމިނުގައި އަނބުރަން ފެށި އެވެ. މަސްކެއުމަށްޓަކައި ފަޅުމައްޗަށް  ތިރިކޮށްލާ މާކަނައެއް ފަދައިން އެ ބިޔަ ވަރުގަދަ ބޯޓު ރަންވޭ މައްޗަށް ވެއްޓިގަތެވެ. އެކަމަކު މި އުފާވެރި ވަގުތުވެސް އަހުރެންގެ ހިތުގައި ގަދަދައްކަނީ ނުތަނަވަސްކަމެވެ. ލަންޑަނުގެ ހީތުރޯ އެއަރޕޯޓުން ފުރީންސުރެ އަހުރެންގެ ހިތަށް ވެރިވެފައިވަނީ ބަޔާންކުރަންދަތި އުނދަނގޫ އިހުސާސްތަކެކެވެ. ބޯޓަށް ކަމެއް ދިމާވަނީ ބާއޭ ވެސް ހިތަށް އެރި އެވެ.

އިތުރަށް ވިދާޅުވުމަށް



ފުރަތަމަ ފަހަރަށް

ގަނޑިން ނުވައެއް ޖަހަނީ އެވެ. ދުވާލުގެ އެއްދަން ހުސްވަނީ އެވެ. ހެނދުނުގެ ވަގުތުތައް ނިމެންއުޅޭކަމުގެ ނިޝާންތައް ދައްކަން ފަށަނީ އެވެ. އެކަމަކު ރޭދުވާ ތަކުރާރުވާކަމުގެ އިހުސާސެއް ނުކުރެވެ އެވެ. ނިދީގެ އުފާ އަހުރެންގެ ދެލޮލާ ވަނީ ވަކިވެފަ އެވެ. އެތައްދުވަހެއް ކުރިންނެވެ. އެކަމުގެ ސަބަބުން އެއްވެސް ކަހަލަ އުނދަނގުލެއްވެސް ނުވެ އެވެ. ނިދާކަށް ބޭނުމެއްވެސް ނުވެ އެވެ. އެއީ އަހުރެން މިއަދު އެންމެ ކުރާހިތްނުވާ ކަންތަކެވެ. ބަދަލުގައި އަހުރެން ބޭނުންވަނީ ރޯލާށެވެ. އެ ރުއިމުން އުފެދޭ ކަރުނައިގެ ކަނޑުގައި ގެނބި ނިމިދާށެވެ. އެހެނަސް އެނަސީބުންވެސް އަހުރެންވަނީ މަޙްރޫމްވެފަ އެވެ. އެތައްދުވަހެއްކުރިން ދެލޮލުގެ ކަރުނަވަނީ ހިކިފައެވެ. އުފާވެރިކަންވަނީ ގެއްލިފަ އެވެ.



އިއްތިފާގު

މެންދުރުގެ ގަދަ ހޫނުން މަސްތެއްޔެއް ހަނާކުރާހެން ދުނިޔެ ހަނާކުރަނީ އެވެ. އިރުގެ ހޫނު ދޯދިތަކުން ލިބޭ އުދާސްތަކަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ގަސްތަކުގެ ފަތްތައް ވަނީ މޯޅި ވެފަ އެވެ. މީސްތަކުންގެ ހެލިފެލިވުން ވަނީ މަޑުޖެހިފަ އެވެ. އުޑުމަތި ސާފެވެ. ވިލާ ރޮއްޖެއްވެސް ދަމާ ލެވިފައި ނުވާ ސާފު އުޑު ސިފަވެގެން ދަނީ ބަންޑުން ބާއްވާފައިވާ ނޫކުލައިގެ ބޯތައްޓެއްގެ އެތެރެފުށް ފަދައިންނެވެ. ކަނޑު އޮޅީގައި ލައްޓި އައިނެއް ބަޑި ތަޅާ ނަގަނީ އެވެ. ވައްލަ ބައިގަނޑަކާއި ކުރަނގި ތަކެއް ފަތާފެންގަނޑަކަށް އިންސާނުން ފުންމާ ފީނާ ބީދައިން ޖެހިގަނެ އެވެ. ދެން އިވެނީ ބޫން އަޑެކެވެ. އެ އަޑާއެކު ދަތުރުކުރަމުން ދާ ހެލިކޮޕްޓަރެއް ރަށުގެ މަތިން އިރުއިރުކޮޅުން އުދުހިލަ އެވެ. ދޭތެރެދޭތެރެއިން ބާރު ދުވެލީގައި ދަތުރުކުރާ ކާރުތަކެއްހެން ލާންޗުތަކާއި ދޯނިފަހަރު ފަޅުތެރެއަށް ވަދެ އެވެ. އޭގެ ތެރެއިން ބައެއް އުޅަނދުތައް ގިނަ އިރުތަކެއް ނުވެ ނިކުމެގެން ދެ އެވެ. 

އިތުރަށް ވިދާޅުވުމަށް




މެދުފިރި

ނޯޓު: މިއީ ފައިބެއަހަރުގެ ރޯދަމަހު ލިޔަންފެށިވާހަކައެކެވެ. އެކަމަކު ކިޔުންތެރިންނާ ހަމައަށް ގެނެސް މިދެވުނީ މި އަހަރުގެ ރޯދަމަސް ގައިދޮށްވީފަހުންނެވެ. އުންމީދަކީ ކިޔުންތެރިން ޝައުޤުވެރިވާނެ މައްސަލައަކަށް އަދަބީ ބަހުރުވައަކުން ލިޔެވިފައިވާ ވާހަކައަކަށް ވާނެކަމަށެވެ. އުނގަންނައިދިނުމުގައި ވެސް ބޭނުންކުރެވޭނެ ވާހަކައަކަށްވާނެކަމަށެވެ. ޚިޔާލުތަކަށް މަރުޙަބާއެވެ.

އަހަރެންގެ ނަމަކީ ޤާސިމެވެ. އަޑު މަޚުރަޖު އަދާކުރުމުގައި ދިވެހި ދޫތަކަށް ފަސޭހަ ގޮތަށް ބަދަލުކޮށްލައިގެން ކިޔާ ކާސިމެވެ. ﷲ ތަޢާލާގެ ހެޔޮ މިންވަރުފުޅާއި އިރާދަފުޅުން އަހުރެންނަށް ދެއްވި ހަމުގެ ކުލަޔަށް ހަޖޫޖެހުމުގެ ގޮތުން މީހުން ކިޔަމުން އައި ދޮން ކާސިމެވެ. ހާލެއް ކަތިލައި ދޮޅަހަކަށް މީހުންނަށް ކާންދީ ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި ލިޔެފައި އޮންނަ ގޮތުންނަމަ ޤާސިމު އަބޫބަކުރެވެ.  އެކަމަކު މި ނަންތަކުގެ ތެރެއިން  ރަތްލާޖެހި، މީހުންނަށް އަހަރެން އެނގެނީ އަބަދު ވެސް އެ ނަމަކާމެދު އަހަރެން އެންމެ ފޫހިކުރުވި ނަމުންނެވެ. ދޮން ހަންގަނޑެއް ލިބިފައިނުވުމުގެ ސަބަބުން އަހަރެންގެ ހަޔާތަށް ކަޅުކަމާއި ބަނަކަން ގެނުވި ދޮނުގެ ނަންހިމެނޭ ދޮން ކާސިމުގެ ގޮތުގައެވެ.  


           

Post a Comment

 
© 2015-2020.MuNeEz by DHURAYA