ނައުރާ އަޙުމަދު ރަމީޒު - 9އޭ
- 1518
މަޝްހޫރު މީހުންގެ ގެތައް ހުންނަހެން އެކި
ބުރިބުރިއަށް ނަގައިފައިނުވެއެވެ. ވަށާފާރުގައި ވިލު ނޫކުލައެއް ލެވިފައި ވީއިރު،
ލަކުޑި ގަނޑެއްހައި މުށިކަން ގަދަ ދޮރެއް ލާފައި ހުއްޓެވެ. ގޭގެ ފާރުމަތި
ފަޅުފިލުވާލައިފައި ވަނީ އެކި ކަހަލަ ގަސްގަހުގެ ގޮފިތަކުންނާއި ވެޔޮތަކުންނެވެ.
އާދެ! މި ކިޔައިދެވުނީ އަހަރެންގެ ހުވަފެނީގޭ ދުރުން ފެންނާނެ ގޮތެވެ.
ބޮޑު ދޮރާށިން އެތެރެއަށް ވަދެގެން ދެވޭނޭހެން
މަގެއް ހަދާފައިވާނެއެވެ. ދެފ ަރާތުގައި އެކި ކަހަލަ ގަސް ގަސް އިންދާފައިވާއިރު
ގޯތިތެރޭގައި ހިޔާ ހެދޭ ގަސްތަކުގެ ސަބަބުން މެނދުރުގެ ދިލަ އަވި އިހުސާސް
ނުވާވަރު ވެއެވެ. ސައި ބޮވޭނޭ ގޮތަށް އެއް ފަރާތެއްގައި މޭޒެއްގެ ވަށައިގެން ގޮނޑިތައް
ބަހައްޓާފައި ވާއިރު ޝާހީ ގެއަކަށް ދޫ ނުކުރާނެއެވެ. އަދި އެތާ ކައިރީގައި ބޮޑު
މަސް ފެންގަނޑެއް ހަދައިފައި ފެންގަނޑު ވަށައިގެން ޖަރީކޮށްފައިވެއެވެ.
އެ ތަނުން ދެން ކުރިއަށް ދިޔުމުން ވަދެވޭނީ
ގޭގެ ބޮޑު ކޮޓަރިތެރެއަށެވެ. ކޮޓަރީގެ އެއް ފަރާތުގައި ބަހައްޓައިފައި ހުރި ސޯފާތައް
ބޮޑުކަމުން މީހަކު ނިދާލަން ވެސް ކުޑަ ނުވާނެއެވެ. އަދި މެދުގައި ބިއްލޫރި މޭޒެއް
ބަހައްޓައިފައި ހުރި އިރު ކުރި މަތިން ފެންނަ ބޮޑު ޓީވީ ސިފަވަނީ ބޮޑު ސުކްރީނަކަށެވެ.
ޓީވީ ބަހައްޓައިފައި ހުރި ތަން ފެނުމުން ހީވަނީ ބަގީޗާއެއް ފެންނަހެން ނެވެ.
ފާރުގައި ހަރުކޮށްފައިވާ އޭސީގެ ފިނިކަން ވަނީ މުޅި އެ ތަނުގައި ހިފައިފައެވެ.
ދެން ކުރިއަށް ދިޔުމުން ރަށުގެ މަގުތައް ހެން
ދެފަރާތަށް ދެވެން ދެ މަގު އޮތެވެ. ވާތް ފަރާތުން ދިޔުމުން ފެންނާނީ ބަދިގެއާއި
ކާކޮޓރިއެވެ. އެ ތަން ވެސް ހަދައިފައިވަނީ އެންމެ ފަހުގެ ގޮތަށެވެ. މަގުގެ ކަނާތް
ފަރާތުން ދިޔުމުން ފެންނާނީ 3 ކޮޓަރިއެވެ. ކޮންމެ ކޮޓަރިއެއް އޭސީކޮށްފައި ވާއިރު
ކޮންމެ ކޮޓަރިއެއްގައި ވެސް ވަނީ އެކި ކަހަލަ ޕުލާސްޓިކު މާތަކާއި ގަސްތައް
ބަހައްޓައިފައެވެ.
އެ ތަނުން ނިކުމެގެން ދެވޭއިރަށް މައްޗަށް
އެރޭނެހެން ސިޑިއެއް ވެއެވެ. އެ ތަނުން މައްޗަށް އެރުމުން ހުރެވެނީ ޓެރަސްގައެވެ.
އެ ތަނުގައި އެކި ކަހަލަ ގަސްގަހާގެހި ހައްދާފައިވާއިރު މަތި ވަނީ ބިއްލޫރިން
ހިޔާކޮށްފައެވެ. އަދި އިށީނދެވޭ ގޮތަށް ބޮޑު ސޯފާއެއް ބަހައްޓައިފައި ފަހުގެ
އުނދޯޔެއް އެލުވައިފައިހުއްޓެވެ.
Post a Comment