ބަނޑޭރިގަނޑު » » އަހަރެންގެ ހުވަފެނީ ގެ (ޙައިފާ ޙުސައިން)

އަހަރެންގެ ހުވަފެނީ ގެ (ޙައިފާ ޙުސައިން)

| 5/14/2022 on Saturday, May 14, 2022 dhuraya.blogspot.com :ލިޔުނީ

ޙައިފާ ޙުސައިން  - 9އޭ  - 1517

ބަލައިލާ ބަލައިލުމުން ހީވާނީ އެހެން ގޭތަކެކޭ އެއްފަދައިން ވަށައިފާރު ރާނައިފައިވާ އާންމު ގެއެއްހެންނެވެ. ނަމަވެސް އެތެރެއަށް  ވަދެ ބަލައިލުމުން ފެންނާނީ މުޅިން ތަފާތު މަންޒަރުތަކެކެވެ. އަހަރެންގެ  މި ހުވަފެނީގެއަކީ ކުޑަ ނަމަވެސް ދިރިއުޅުމަށް ވަރަށް ހިތްގައިމު ތަނެކެވެ.

ގޭގެ ބޮޑު ދޮރުން ވަދެވުމާއެކު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނާނީ  އެކި ކަހަލަ މާމެލާމެލިން ފުރިފައިވާ މާބަގީޗާއެކެވެ. ގޭގެ ދެ ފަރާތުގައިވެސް ވަނީ އެކި ކުލަކުލައިގެ މާމަލުން ފުރިފައިވާ ގަސްތަކެކެވެ. ގަސްތަކުގައިވާ މާމަލުގެ މީރުވަސް މުޅި ސަރަހައްދުގައި ހުންނާނީ އަބަދު ވެސް ފެތުރިފައެވެ. ޖެހިލާ ފިނި ވައިރޯޅިއިން ހަށިގަނޑަށް  ތާޒާކަމެއް ގެނެސްދޭނެއެވެ. ގޭގެފާރު ތަކުގައި ވާ  މަޑުމަޑު ފިޔާތޮށި ކުލައިން އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

ގޭތެރެއަށް ވަންނަ އިރު އެންމެ ފުރަތަމަ ވަދެވޭނީ ބޮޑުކޮޓަރިއަށެވެ. ބޮޑުކޮޓަރީގެ ފާރުތަކުން ވަށައިގެން ފެންނަން ހުންނާނީ ތަފާތު ފޮޓޯ ތަކެކެވެ. އެކި ވައްތަރުގެ ކުރެހުންތަކެވެ. ފާރުގައި ބޮޑު ޓީވީއެއް ހަރުކޮށްފައިވެއެވެ. އާދަޔާ ޚިލާފު ބޮޑު ސޯފާއެއް ބަހައްޓާފައިވާއިރު މޭޒުމަތީގައި  މާ އަޅައިފައި ހުރި މާ ޓުކުރިއަކާއި މޭވާ ވަށިގަނޑެއްވެއެވެ. 

ގޭގައި  ހިމެނެނީ ނިދުމަށް ބޭނުންކުރާ ތިން ކޮޓަރިއާއި ކާކޮޓަރިއަކާއި ބަދިގެއެކެވެ.  ގިނަ ވަގުތުތަކުގައި ބަދިގެއިން އުތުރިއަރާނީ  ކާތަކެތީގެ މީރުވަހެވެ. މޭޒުމަތި ފުރިފައި އޮންނާނީ ކާބޯތަކެތިންނެވެ. ނިދާ ކޮޓަރިތަކަށް ވަންނައިރު ކޮންމެ ކޮޓަރި އަކުން ވެސް ފެންނަމުން ދާނީ ތަފާތު މަންޒަރުތަކެކެވެ. ކޮންމެ ކޮޓަރިއެއްގައި ތަފާތު ކުލައެއްގެ ތަފާތު ކުރެހުމެއް ކުރަހައިފައިވާނެއެވެ. އޭސީ އެއް  ވެސް ހަރުކޮށްފައިވާނެއެވެ. މިދެންނެވީ އަހަރެންގެ ހުވަފެނީ ގޭގައި ހުންނާނެ ބައެއް ޚާއްޞަ ކަންތައްތަކެވެ. މި ހުވަފެނީ ގެއިން އަހަރެން ދުވަހަކު ވެސް ނުނިކުންނާނެ ކަހަލައެވެ. މިއީ އަހަރެންގެ ހުވަފެނީ ގެއެވެ.

މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA