ޒަހުދާ މުޙައްމަދު - 9އޭ - 1548
އަތިރިން ލިބޭ ފަދަ ސާފު ވައިލިބޭ، ހިތްގައިމު
ގެއަކަށް އެ ގެ ވާނެއެވެ. އިންޑިއާގެ ތާޖުމަހަލްއާ އެއްފަދަ ނުވިއަސް އަމިއްލައަށް އެހެން ހިތައިގެން އުޅޭ ރީތި ބޮޑު
ގެއެކެވެ. ފޮރުވިފައިވާ އެއްޗެއް ފަދައިން ގޭގެ ބޭރު ވިޔަސް އެތެރެ ފެނުމުން
އަޖައިބު ވާނެއެވެ. ގަސްތަކުން ފުރިފައިވާ ގެއެކެވެ. ގަދަހޫނުގައި
ހިތްހަމަޖައްސާލަން އުޅެވޭނެ ތަނެކެވެ. ކޮންމެ ދުވަހަކު ހެނދުނު ކޮވެލިތައް ހީވަނީ
ލަވަކިޔާ ހެންނެވެ. ރާޅުތައް ދެ ކޮޅުންބިންދާލާއަޑު ލަވައެއްހެން އިވެއެވެ. ހޫނު
ދުވަސްވަރު އެރިލުމަށް ޓެނިސް ކޯޓެއްވަރު ފަތާފެންގަނޑެއް އޮވެއެވެ. އެކި މާމެލީގެ
މީރުވަހުން މުޅި ގެ ވަނީ ތާޒާކޮށްފައެވެ. މިއީ އަޅުގަނޑުގެ ހުވަފެނީގޭގެ ކުޑަ
ތަޞައްވުރެކެވެ.
އެކި ވައްތަރުގެ މާމެލާމެލީގެ ބާވަތްތައް
ގުނައިނުލެވޭ ވަރަށް ހައްދައިފާ ހުންނާނެއެވެ. އަރައިރުންވާ މީހުންގެ އަރައިރުންވުމާއި
ހަޅޭލަވާ މީހުންގެ އަޑުބަޑެއް ތަޅައިފޮޅުމުގެ އެއްވެސް އަޑެއްނުވާނެއެވެ. ކާރުތަކުން
އަންނަ ދުމާއި އެ ދުވާ ނުބައި ވަހުން ގެ ވާނީ ސަލާމަތްވެފައެވެ. ގޭގައި
ބަހައްޓައިފައި ހުންނަ ތަފާތު ބޮކިތަކުން މުޅި ތަނަށް އުޖާލާކަން ގެނުވައިފައެވެ.
ހަށިގަނޑު ދުޅަހެޔޮކޮން ބެހެއްޓުމަށް
އޮލިމްޕިކްސްއަށް ދުވާވަރުގެ ބޮޑު ތަނެއް އޮވެއެވެ. ތަފާތު ވައްތަރުގެ ދޫނި
ސޫފާސޫތްޕާއި ތަފާތު ވައްތަރުގެ ކުދި ދިރޭ ތަކެތި އެއް ގަހުން އަނެއް ގަހަށް މިނިވަން
ކަމާއެކު ފުންމާ އުޅޭތަން ފެންނާނެއެވެ. ގެ ބަލަހައްޓަން ވަރަށް ކިޔަމަންތެރި
ބުޅަލެއް އޮންނާނެއެވެ.
މި ދަންނަވައިލެވުނީ އަޅުގަނޑުގެ ހުވަފެނީ ގޭގެވާހަކައެވެ. އެހައި ދިގު އަދި ކުރުނުވާ ގޮތަކަށެވެ. ހަމަ ލޮލުން ފެންނަން ނެތަސް ހިތުން ސިފަކޮށްލެވޭ ވަރަށެވެ.
Post a Comment