ބަނޑޭރިގަނޑު » » އަހަރެންގެ ހުވަފެނީ ގެ (ނާހިޔަތު ޢަބްދުލް ޙަމީދު)

އަހަރެންގެ ހުވަފެނީ ގެ (ނާހިޔަތު ޢަބްދުލް ޙަމީދު)

| 5/14/2022 on Saturday, May 14, 2022 dhuraya.blogspot.com :ލިޔުނީ

 ނާހިޔަތު ޢަބްދުލް ޙަމީދު  - 9އޭ  - 1560

ރާއްޖޭގެ އެކި ރަށްތަކުގެ މަލަމަތި ފަދައިން ގިނަ ގަސްތަކެއް ފެންނަން ހުންނާނެ ތަނަކަށް އަހަރެންގެ ހުވަފެނީ ގެ ވާނެއެވެ. ވަޒީފާއިން ގެއަށް ގޮސް ހިތްހަމަ ޖައްސައިލުމަށް އެތައް ވަސީލަތެއް ހުންނާނެއެވެ. މީހުންގެ ހުވަފެނީ ޚިޔާލުތަކުގައި ގެންގުޅޭފަދައިން އަހަރެން ގެންގުޅޭ ތަނަކީ އަހަރެންގެ ހުވަފެނީ ގެއެވެ. 

އިހުގެ ގެތަކާ ޚިލާފަށް އަހަރެންގެ ގެ ހުންނާނީ ތިން ބުރިޔަށް ނަގައިފައެވެ. އެތެރެއަށް ވަދެގެން އަންނަ ވަގުތު އެންމެ ފުރަތަމަ ވެސް ފެންނާނީ އެކި ކުލަކުލައިގެ މާތަކުން ޖަރީވެފައިވާ ބޮޑު ބަގީޗާއެކެވެ. އެ ތަނުގެ ހިނގާ މަގުގައި ހުންނާނީ ތަރިއެއްފަދަ ފަރުމާއެކެވެ. 

ގޯތިތެރޭގެ ބޮޑު ބައިގައި ވާނީ ގެ އަޅައިފައެވެ. ގޭގެ ގިނަ ފާރުތައް ވާނީ އެކި ކަހަލަ ކުރެހުން ތަކުން ޒީނަތްތެރި ކޮށްފައެވެ. އެ ތަނުގައި ކުރަހައިފައި އޮންނަ މަސް ހީވާނީ ހަމަ އަސްލު ހެންނެވެ. އެ ތަން ފެންނަ ކޮންމެ މީހަކު ވެސް ހިތާހިތުން އެއީ އެ މީހެއްގެ ގެއަށް ވީނަމައޭ ހިތަށް އަރާނެއެވެ. ވަކި ތަންކޮޅެއްގައި ހުދު ބޯކިރުފޮދެއްފަދަ ހުދު ދޮން ވެލި ހުންނާނެއެވެ. 

ގޭގެ ޚާއްޞާ ތަންތަނަށް ބަލައިލާއިރު ފުރަތަމަ ޖެހޭ ކޮޓަރީގައި ނޫ ކުލައިގެ މާސިންގާ ބިޔަ ބޮޑު އަލަމާރިއެއް ހުންނާނެއެވެ. އަލަމާރި އެތެރެ ދިއްލޭ ބޮކި ތަކަކުން އުޖާލާވެފައިވާނެއެވެ. އެންމެ ބޮޑު ދޮރުފަތް ހުޅުވާލުމުން ފެންނާނީ ޒަމާނީ ޝަހަރެއްގައި އަތުރައިފައިވާ ގެ ތަކެއް ފަދައިން އަތުރައިފައިވާ ރީތިވާ ސާމާނު ތަކެވެ.

އަހަރެންގެ ކޮޓަރީގައި އަޅައިފައިވާ ކާޕެޓު ކަފަކޮޅެއްހައި މަޑުވާނެއެވެ. އެނދުގެ އެއް ފަރާތުގައި އުސްނޫން އަޅި ކުލައިގެ އުނދޯއްޔެއް ހުންނާނެއެވެ. އެއަކީ ވަރަށް ހިތް ފަސޭހަ އަރާމު އުނދޯއްޔެކެވެ. އެއްވެސް މީހަކަށް އެ އުނދޯލި އުނދަގޫވެގެން އުޅޭކަށް ނުޖެހޭނެއެވެ. 

މި ދަންނަވާލީ އަޅުގަނޑުގެ ހުވަފެނީ ގޭގައި ހުންނާނެ ބައެއް އެއްޗެއްސެވެ. އެ ތަން ހުންނާނެ ގޮތެވެ. އެ ތަން ކުލަތަކާއި ބޮޑުކަމެވެ.

 

މިލިޔުން ހިއްސާކުރެއްވުމަށް :

Post a Comment

 
© 2015-2020.MuNeEz by DHURAYA