މި މަސައްކަތް ވިންޑޯސްގައި އެބަހީ ކޮމްޕިއުޓަރުތަކުގައި ކުރެވޭނެ ފައިލެއް ކުރިން ވާނީ
ލައިފައެވެ. ކޮމްޕިއުޓަރުތަކުގައި ކުރެވޭގޮތަށް ވޯޑުފައިލްލީ ޖަވާބުތައް ހޯދުމަށް ދަރިވަރުން
ވަރަށް ޝައުޤުވެރިވާނެ އަދި ފަސޭހަ ވަސީލަތަކާއެކުގައެވެ. ނަމަވެސް ފޯނާއި
ޓެބްލެޓްފަދަ އެންޑްރޮއިޑް އާލާތްތަކުން ވޯޑުފައިލުގައި ހިމަނައިފައިވާ ބައިތައް ފުރިހަމައަށް މަސައްކަތް ނުކުރާތީ ބައެއް ފަރާތްތަކުގެ އެދުމަށް ޕީޑީއެފް ފައިލެއް
ހިއްސާކުރީއެވެ. މި ފައިލުން ވެސް ޖަވާބުތައް ލިބޭނެއެވެ. އުންމީދަކީ މި
މަސައްކަތަކީ ގުރޭޑު 9 އަދި 10ގެ ހުރިހައި ފެންވަރެއްގެ ދަރިވަރުން ވެސް
ޝައުޤުވެރިވާނެ މަސައްކަތެއްކަމުގައެވެ. ގޭގައި ތިބެގެން ކުރާނެ ޝައުޤުވެރި އަދި
ބޭނުންތެރި މަސައްކަތަކަށް މި މަސައްކަތް ވެސް ވާނޭކަމުގައެވެ. އިމްތިޙާނުކުރެވޭ 4
މަސައްކަތެއް މީގައި ހިމަނައިފައިވާނެއެވެ. އެ މަސައްކަތްތައް ކުރާނީ އަމިއްލަ ކަރުދާހުގައެވެ.
ގެއިން ނުނިކުންނާށެވެ. ވަގުތު ހެޔޮ ގޮތުގައި ބޭނުންހިފާށެވެ. ޞިއްޙީ
ތަޖުރިބާކާރުންގެ ލަފައަށް ބޯލަނބާށެވެ.
ބަނޑޭރިގަނޑު »
» ތަރައްޤީއަށްޓަކައި ޑިމޮކްރަސީތަ؟ ނުވަތަ ޑިމޮކްރަސީއަށްޓަކައި ތަރައްޤީތަ؟ (9 އަދި 10ގެ ދަރިވަރުންނަށް ޚާއްޞަ) ފޯނާއި ޓެބްލެޓްތަކުގައި ބޭނުންކުރުމަށް
Post a Comment