ފަހަކަށް އައިސް ޙަސަނު ހުންނަނީ ނުތަނަވަސް ވެފަ އެވެ. ހާސްވެފަ އެވެ. ދިރިއުޅުމުގެ އަގުތަށް މަތިވާތީ
އެވެ. އަތްމަތި ދަތިވެ ކުރަންޖެހޭ ޚަރަދުބަރަދު
ގެ ބޮޑުކަމުންނެވެ. މާލެދަތުރުކޮށްގެން އިހު ލިބުނު އާމްދަނީ މިހާރު ނުލިބޭތީ އެވެ. އަތަށް އަރާ ފައިސާފޮތި ދޫވެގެންދާލެއް އަވަސްކަމުންނެވެ. ބައެއް ދުވަސްދުވަހު
އެންމެ ދޮޅަހަކަށް ރުފިޔާ ލިބޭތީ އެވެ.
އެ ލިބޭ މަދު މަދު ރުފިޔާކޮޅުން ބައިލާރިވެސް އިރުއަރާއިރު ނޯންނާތީ އެވެ.
މި ހައިޖާނުގަނޑުން
އަރައިގަނެވޭނެ ގޮތަކާމެދު ފިކުރުތަކެއް ކުޅައެވެ. ގޮތްގޮތަށް ވިސްނި އެވެ. އެންމެ
ފަހުން ކުރެވުނު ތަދުބީރަކީ ދަނޑުވެރިކަން ކުރުމެވެ. ޖެހިގެންހުރިގޭ ހޯދާ މުޙައްމަދުބެވެސް މިހާރު ކުރަނީ ދަނޑުވެރިކަމެވެ. ކުރިން ނޯކިރީކުރަން އުޅުނު
ޙުސެންފުޅުވެސް މިހާރު ބޮޑު ކަރާދަނޑެއް
އޮވެ އެވެ. އަނެއްކާ އެވެރިން އުޅެނީ ނުހަނު އުފާފާގަތިކަމުގަ އެވެ.
ކޮންމެ އަކަސް ދަނޑުވެރިކަމުގެ މަސައްކަތް ފަށައިފި އެވެ. އިސާހިތަކު ނަފާލިބެންފަށައިފި އެވެ.
އަތްމަތިދަތިކަން ފިލައި ތިޔާގިކަން އަތުވެއްޖެ
އެވެ. ވުމާއެކު މުންޑުން ދަރެއް ހިފައި ދަނޑުވެރިކަމުގެ މަސައްކަތް މެކުހަށްޖެހި އެވެ. ހުރިހައި ވަގުތެއް އެކަމަށް ހުސްކޮށްފި އެވެ. އެނޫން ޚިޔާލުތައް ސިކުނޑިން ނެރެލައިފި
އެވެ. މިހާރު ހުވަފެނުގައިވެސް ފެންނަނީ
ކަރާވެޔޮތައް ދުވާތަނެވެ. މިރުސްގަސްތަކުގައި އަޅައިފައިވާ މިރުސްތަކެވެ. ވިލާތުބަށިތަކާ
ކިއުކަންބާތަކެވެ. އެތަކެތިން ލިބޭ
ރުފިޔާތަކެވެ. އެ ރުފިޔާތައް ބޭނުންކޮށްގެން ބިނާކޮށްފައިވާ ޚިޔާލީ ގަނޑުވަރުގައި އުޅޭ އަރާމު ދިރި އުޅުމެވެ.
މެންދުރުވުމުގެ ކުރިން ގެއަށް އައީ ދުވަހުގެ ގޮތުންނެވެ. އަނބިކަބުލޭގެ އުޅެނީ އޭނާގެ އާންމު
ހިއްލުންގަނޑުގަ އެވެ.
ނޭވާހިއްލުންގަނޑުގަ އެވެ. މަހަކު ތިންހިއްލުންގަޑު
ލައްވާލާއިރު ހިއްލުމަކު ދިހަދުވަހު އެ
ކަނބުލޭގެ އުޅޭނީ އެ ސަކަރާތެއްގަ އެވެ. ދަރިފުޅު ޚުމައިދާ ވީ މުހުތާދަކު ކައިރި ރަށަކަށް ގޮހެވެ.
ކާފަދަރިފުޅު ހޫދު އިސްކޫލުން ގެންނަ
ގަޑިޖެހެނީ އެވެ. އެ ސޮރު ސުކޫލަށް ގެންދިޔައީ ޚުމައިދާ އެވެ. އޭނާ ފުރައިގެން ދިއުމުގެ ކުރިން އެވަރުކޮށްދިންކަންވެސް
ރަނގަޅުތާ އެވެ.
އަވަސް އަރުވާލައިފައި އިސްކޫލުދޮށަށް ހިނގައްޖެ އެވެ. އެ ތަނުން ފެނުނީ އެކިގޮތްގޮތަށް
ނަލަހެދިގެން ތިބި ބެލެނިވެރިންނެވެ.
ފާޑުފާޑުގެ އަތަރާއި ސެންޓުތައްޖަހައި ނަލަހެދިފައި ތިބި އަންހެންވެރިންނެވެ. ޙަސަނު ހުރި ސިފަ ހިތަށް އެރުމުން
ނުތަނަވަސް ވެއްޖެ އެވެ. ޖަހައިގެން
އާދެވުނު ބަބުރުވަހުގެ ސެންޓާމެދު ކަންބޮޑުވެއްޖެ އެވެ.
ރަނގަބީލު ޖަހައިފި އެވެ. ބެލެނިވެރިން ވަންނަންފަށައިފި އެވެ. އެމީހެއްގެ ދަރިއަކު ބަލަ އެވެ.
ޙަސަނުވެސް ވަދެއްޖެ އެވެ. މާދުރަށް ދާކަށް
ނުޖެހުނެވެ. ހޫދު މިހިރަ އަންނަނީ އެވެ.
ލަސްވީކަން ނޭނގެ އެވެ. ފޮތްދަބަސްގަނޑު އަތުގައި
އެބަ އޮތެވެ. ނަސީބެއްތާ އެވެ.
ޙަސަނަކަށް ހޫދުގެ ކިލާހެއްވެސް ނޭނގެ އެވެ. ވުމާއެކު މިހައި ފަސޭހައިން ދަރިފުޅު ފެނުނީތީ ހިތާހިތުން ޝުކުރުކުޅަ އެވެ.
ބަލާކަށް ނުހުރެ ހޫދު ނަގާ ކޮނޑަށްލައިފި އެވެ. އެއް އަތުން ފޮތްދަބަސްގަނޑު ހިފައިގެން ގެއަށް
އައުމަށް ހަރުކޮށް ހިނގައިގެންފި
އެވެ.ހޫދު ގެއަށްލުމަށްފަހު އަވަހަށް ދަނޑަށް ދިއުމުގެ ނިޔަތުގަ އެވެ.
އިރުކޮޅެއްނުވެ އިސްތަށިގަނޑަށް ތަދުވާންފަށައިފި އެވެ. ހޫދު އިސްތަށިގަނޑަށްދަމަނީ އެވެ.
ޙަސަނު އެބަބުނެ އެވެ. ދަރިފުޅާ އެވެ. މަންމަ
ރަށަކު ނެތެވެ. މާމަ އުޅެނީ ބަލިވެ އެވެ. ދަރިފުޅުބަލައި ކާފަ އަންނަން
މިޖެހުނީ އެހެންވެގެންނެވެ. ކާފަ ބޮލަށް ނުދަމާށެވެ. ނުބައިވަސް ދޮވާނަމަ މައްޗަށް ބަލަހައްޓައިގެން އިންނާށެވެ. އެސާހިތަކު ގެއަށް ދެވިދާނެ އެވެ.
ކާފަގެ ނަސޭހަތް ހޫދު ގަބޫލުކުރީ ބޮޑުމީހަކު ފަދައިންނެވެ. އޭގެފަހުން ބޮލަކަށް ނުދަމަ އެވެ. ގެއާ ހަމަ
ވަރަށް ކައިރިއަށް އާދެވިއްޖެ އެވެ.
އެކަމަކު މިހާރު އެހެން ގޮތެއް އެބަވެ އެވެ. އެހެން ކަހަލަ އިހުސާސެއް
އެބަކުރެވެ އެވެ. ހަށިގަނޑަށް ހޫނުކަން އިހުސާސްކުރެވެން ފަށައިފި އެވެ. ތެމެން ފަށައިފި އެވެ. ނުބައިވަސްވެސް ދޮވަންފަށައިފިއެވެ. ކަރުންފެށިގެން ތިރިއަށް ފެނުގެ
ދެތިން ރޮނގު އެބަ ފައިބަ އެވެ.
ޙަސަނުގާތަށް ރުޅި އަތުވެއްޖެ އެވެ. އެބަބުނެ އެވެ. އެންމެ ދުވަހަކު ދަރިފުޅު ބަލައި އައުމުން ކާފައަށް ދިން ހަދިޔާއަކީ މިއީ ހެއްޔެވެ؟ ކާފަގައިން ނުބައިވަސް
ދޮވިއެއްކަމަކު ތިކުރީ ބޮޑުވަރެކެވެ.
އަނެއްކޮޅުން ގެއަށް މިހިރަ އާދެވެނީ އެވެ. އެންމެކުޑަމިނުން ބުނެލިނަމަވެސް ރަނގަޅުނޫންހެއްޔެވެ؟ ދަރިފުޅު ބަލައެއް
ދެނެއްވާ ކާފައެއް ނާންނާނަމެވެ.
މިލައިގަތް ކަމަކުން ދަނޑަށް ދިއުން އަނެއްކާވެސް ލަސްވީ އެވެ. ދެން އެންމެ ފުރަތަމަ މިޖެހުނީ ފެންވަރާށެވެ.
ގޯތިތެރެއަށް ވަދެވުމާއެކު ކޮނޑުން ހޫދު ބޭލި އެވެ. އަދި އަންހެނުންނަށް ގޮވައިލި އެވެ. މިސޮރު
ހެދުންބަދަލުކޮށް ތާހިރުކުރާށޭ ކިޔައިފަ އެވެ. އަދި
ފެންވަރައިލުމަށްޓަކައި ގިފިއްޔާދިމާއަށް ހިނގައިގަތެވެ.
އެހިނދު ތަންކޮޅެއް ދުރުން ރުންކުރުކަމާއެކު އަންހެނަކު އެއްޗެހިތަކެއް ކިޔާ އަޑު އެބަ އިވެ އެވެ.
ރަނގަޅަށް ވިސްނައިލިއިރު މި ގޮވެލިފައްޗެއް
އަމާޒު މިވަނީ ޙަސަނަށެވެ. ޙަސަނޭ ބަލައެއް
ނުލައޭ މިކަހަލަ ވާހަކަތަކެއް އެ އަޑުތަކުގައި އެކުލެވިފައިވާ ކަން ނަގައިގަނެވިއްޖެ އެވެ.
އެނބުރި ބަލައި އިރު ގޯތިތެރެއަށް އެވަންނަނީ ފާޠުމަ އެވެ. ޙަސަނުގެ ދަނޑާޖެހިގެން
ދަނޑުވެރިކަން ކުރަން އުޅޭ ފާޠުމައެވެ.
ދަނޑަށް ޙަސަނު އެސްފީނާ އަޅަނިއްޔޭ ކިޔައި މިފަހަކަށް އައިސް މޫނުކުނިކޮށްގެން ހުންނަ ދޮންފާޠުމަ އެވެ.
ހަމަ ވަނުމާއެކު ޙަސަނު އެބަބުނެ އެވެ. އަނެއްކާ މަށަށް ކޮންކަމެއް ގޯސްކޮށް ކުރެވުނީ ހެއްޔެވެ؟ ތިޔަހައި ވަރަކަށް ތި އަޑުގަދަކުރަނީ ފަހެ މަގޭފުށުން ކޮންކުށެއް ފެނިގެންހެއްޔެވެ؟
އެހިސާބުން ފާޠުމަގާތަށް އައީ މަލާމާތުގެ ހިންޏެކެވެ. އަދި އެބަބުނެ އެވެ. ބަލަ ނުކުރެވެނީ
ކޮންކުށެއްހެއްޔެވެ؟ ޙަސަނުގެ ޙޫދުކަމަށް
ތިޔަ ގެނައި މަގޭ ޙުސައިނެވެ. ހޫދު އެ އަންނަނީ އެހެރަގޭ މަރިޔަނބާއެކު އެވެ. އަޅެ މަގޭ ދަރިފުޅު ކިހައި
ބިރެއްވެސް ގަންނާނެ ނޫންހެއްޔެވެ؟ އެހުރީ
ބިރުން ހީސްވެސް ލެވިފަ އެވެ.
ވާނުވާ
މި އެނގެނީ އަދި ކިރިޔާ އެވެ ދޮގެއްނޫނެވެ. ގެނެވިފައި މިހުރީ ޙުސައިނެވެ.
އެފަކީރު ބިރުން އަނގަހުޅުވާލަންވެސް
ނުކެރިފައި އެތާ އަދިވެސް އެހުރީ އެވެ. ބިރުން ތުރުތުރުއަޅައަޅަ އެވެ. ޙަސަނު ދެރަވެލައިފައި
އެބަބުނެ އެވެ. ވާނީވެސް އެހެންނެވެ.
ލައިގެންތިބެނީ އެއްޒާތެއްގެ ގަމީސްވިއްޔާ އެވެ. ހެދިހުރި ސިފަގަނޑުވެސް ނުހަނު ވައްތަރުވިއްޔާ އެވެ. ދެން
އެހެންނޫނަސް ހިލެޔަކުނުވިތާ
އެވެ. ދޮވާވަހުން ނޯށްދަމާލަން ނުކެރެ އެވެ. .އަނެއްކޮޅުން ދަނޑަށްދާހިތްވެސް ކެނޑިއްޖެއެވެ. މިވާހަކަ ނަމަނަމަ
ނުދައްކައްޗެވެ

Post a Comment